މާލެ: 31°C

"މޯލްޑިވްސް ސްޕަރކޮލެޓީ" ގެ ނަމުގައި ފިހާރަތަކުގައި ވިއްކަނީ މުޑުދާރުކޮށް އުފައްދާފައިހުރި ތަކެތި

"މޯލްޑިވްސް ސްޕަރކޮލެޓީ" ގެ ނަމުގައި ފިހާރަތަކުގައި ވިއްކަނީ މުޑުދާރުކޮށް އުފައްދާފައިހުރި ތަކެތި
August 22, 2024
2 ފަހަރު ބަލާފައި
"މޯލްޑިވްސް ސްޕަރކޮލެޓީ" ގެ ނަމުގައި ފިހާރަތަކުގައި ވިއްކަނީ މުޑުދާރުކޮށް އުފައްދާފައިހުރި ތަކެތި
"މޯލްޑިވްސް ސްޕަރކޮލެޓީ" ގެ ނަމުގައި މާރޓް ތަކާއި ކަންމަތީ ފިހާރަތަކުގައި ވިއްކަން ހުރީ މުޑުދާރުކޮށް އުފައްދާފައިވާ ތަކެތި ކަން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ބއެތަކެތި އުފައްދާ ތަން ބަލައި ފާސްކުރުމުން ހާމަވެއްޖެއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާގޮތުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފުޅާދާއިރާއެއްގައި ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ ކަމަށް "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުންނާ ގުޅިގެން 19 އޮގަސްޓު 2024 ވަނީ ހާއްސަ ރެއިޑެއް ކުރިއަށް ގެންގޮސްފައިއެވެ.
އެ އޮޕަރޭޝަނުގައި މ. ތްރީ މޫން ބަލައި ފާސްކުރި އިރު އެތަނަކީ އާންމުކޮށް ފިހާރަތަކުން ގަންނަން ލިބެންހުންނަ "މޯލްޑިވްސް ސްޕަރކޮލެޓީ" ބްރޭންޑުގެ ތެލުލިފަތާއި، މަސްމިރުސް ޕެކެޓައި، ހިކިމަސް ޕެކެޓާއި، ފުއް ގުޅަ އާއި އަދި ލުއިކާނާގެ ބާވަތްތައް އުފައްދާ ތަން ކަން އިމިގްރޭޝަނުން އާއްމުކޮށްފައިވާ ފޮޓޯތަކުން ހާމަވެއެވެ. އަދި އެ ފޮޓޯތަކުން އެތަކެތި އުފައްދާ ގޮތާއި ބޭނުންކުރާ ތަކެތީގެ ސާފުތާހިރުކަން ހުރި މިންވަރު ހާމަވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ