"މޯލްޑިވްސް ލީޑަރޝިޕް ޕްރޮގްރާމް" ނައިބު ރައީސް އިފްތިތާޙް ކޮށްދެއްވައިފި

"މޯލްޑިވްސް ލީޑަރޝިޕް ޕްރޮގްރާމް" ނައިބު ރައީސް އިފްތިތާޙް ކޮށްދެއްވައިފި
ލިޔުން:
ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ދުބާއީގެ ޖުމައިރާގައި ކުރިއަށް ގެންދާ "މޯލްޑިވްސް ލީޑަރޝިޕް ޕްރޮގްރާމް" ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އިފްތިތާހު ކޮށްދެއްވައިފި އެވެ.
"މޯލްޑިވްސް ލީޑާޝިޕް ޕްރޮގްރާމް" އަކީ ޔޫއޭއީގެ ގަވަމެންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް (ޖީއީއީޕީ) ގެ ދަށުން ފެށި ފުރަތަމަ ތަމްރީނު ޕްރޮގްރާމެވެ.
އެ ތަމްރީނު ޕްރޮގްރާމް އަކީ ރާއްޖެއާއި ޔޫ.އޭ.އީ އާ ދެމެދު ސޮއިކޮށްފައިވާ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) ގެ ދަށުން ރާއްޖޭގެ ސަރުކާރު މުވައްޒަފުންނަށް ހާއްސަ ކޮށްގެން ހިންގާ ޕްރޮގްރާމް އެކެވެ. އެ ޕޮރޮގްރާމް ފަރުމާކޮށްފައިވަނީ އުނގެނުމާއި އިނޮވޭޝަންގެ މުހިންމު ކަންކަމާއި، ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ދިނުމުގައި ސަރުކާރުން ދެމެހެއްޓެނިވި ކުރިއެރުމާއި ކާމިޔާބީ ހޯދަން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު "މޯލްޑިވްސް ލީޑާޝިޕް ޕްރޮގްރާމް" އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަފުޅު ވިދާޅުވީ ޓެކްނޮލޮޖީއާއި އިނޮވޭޝަނާއި ސަރުކާރުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހިމެނުމުން، ސަރުކާރުން ދެމުންދާ ޚިދުމަތްތަކުގެ އެފިޝަންސީއާއި، ދެފުށް ފެންނަ އަދި ޒިންމާދާރުކަން އިތުރުވެގެންދާނެ ކަމަށެވެ.
އެމަނިކުފާނު ވަނީ "އެގްޒެކެޓިވް އެންހޭންސްމަންޓް އެންޑް އެންރިޗްމަންޓް ޕްރޮގްރާމް (އީއީއީޕީ)" 2021 ވަނަ އަހަރު ވެސް އިފްތިތާޙުކުރައްވައިފަ އެވެ. ދިވެހި ސަރުކާރުގެ މުވައްޒަފުންނަށް އުނގެނުމާއި ތަރައްޤީގެ ފުރުޞަތުތައް އިތުރުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށް އެމަނިކްފާން ވިދާޅުވި އެވެ.
އީއީއީޕީއަކީ ދެއަހަރު ދުވަހުގެ ދިގު މުއްދަތެއްގައި ސިވިލް ސަރވިސްގެ މެނޭޖްމަންޓް މަޤާމުތަކުގައި ހުންންވާ ސިޔާސީ އަދި އެގްޒެކެޓިވް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ކުރިޔަށްދެންދެވޭ ޕްރޮގްރާމް އެކެވެ.
އެ ޕްރޮގްރާމް ކުރިއަށް ގެންދާތީ ޔޫއޭއީ ސަރުކާރަށް ފައިސަލް ޝުކުރު އަދާކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ޕްރޮގްރާމްގެ ދަށުން ޔޫ.އޭ.އީ ސަރުކާރުގެ އެންމެ ރަނގަޅު ޕްރެކްޓިސްތަކާއި ތަޖުރިބާތައް ބައިވެރިންނަށް ވޯކްޝޮޕްތަކާއި، އޮންލައިން ލެކްޗަރ ސެޝަންތަކާއި އަދި ޖަމްޢިއްޔާތަކަށް ފީލްޑް ވިޒިޓްތައް މެދުވެރިކޮށް ލިބިގެންދާނެކަމަށެވެ.
އެ ޕްރޮގްރާމްއަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) އާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
