މެންބަރު ނަސީރުގެ ވާހަކާގައި އިތުރަށް ފާހަގަކުރެއްވީ ޓޫރިޒަމް ސިނާއަތު އިސްތިހާރުކުރުމަށް ގެެންގުޅޭ ވައްޓަފާޅި ބަދަލުކުރަންޖެހޭ ކަމަށެވެ. އެގޮތުން ރާއްޖެ އިސްތިހާރު ކުރުމަށް ކާޓޫނު އުފައްދަންޖެހޭ ކަމަށާއި ނީމޯ އުފައްދައިގެން ރާއްޖޭގެ ކަނޑުތައް އިސްތިހާރުކުރަންޖެހޭކަމަށެވެ. އަދި ވޯލްޑް ކަޕުގައި އިސްތިހާރު ބެނާތަކުން ދިވެހިރާއްޖެ ދައްކުވައިދޭން ޖެހޭކަމަށެވެ. "އަޅުގަނޑުމެން އެބަޖެހޭ ކާޓޫން އުދައްދަން އިއްޒަތްތެރި ރައީސް. އަޅުގަނޑުމެން އެބަޖެހޭ ނިމޯ އުފައްދަން. ނިމޯ ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ކަނޑުތައް ދައްކަން" މެންބަރު އަހުމަދު ނަސީރު ވިދާޅުވިއެވެ.
އަދި " ޖެހިގެން އައި ވޯލްޑުކަޕްގައި އަޅުގަނޑުމެން ބޭނުންވާނީ އެ ބެނާ، އެއިންނަ ބެނާއިން އަޅުގަނޑުމެން ބޭނުންވާނީ ދިވެހިރާއްޖޭގެ މަސްމަސް ދުވާތަން ދައްކާލަން ދެއްތޯ؟ އޭރުން އަދަބު ދާއިމީ ގޮތެއްގައިދިވެހި ރާއްޖެ ހުންނާނީ ފެންނަން، އެއިރުން މެސީ ނޫނީ ރޮނާލްޑޯ އެއް ނޫނޭ ބަލާނީ އިނގޭތޯ އިއްޒަތްތެރި ރައީސް، އެތިބި މިލިއަން މީހުން އެއްފަހަރާ ބަލާލާނީ ދިވެހިރާއްޖެއިން އެ ދައްކާ އިސްތިހާރު އިނގޭތޯ އިއްޒަތްތެރި ރައީސް" މެންބަރު އަހުމަދު ނަސީރު ވިދާޅުވިއެވެ.







