މާލެ: 31°C

ގައުމީ އެއާލައިނުން އޭ-320 ގެ ދަތުރުތައް އަލުން އައްޑުއަށް ފަށަނީ

March 22, 2025
185 ފަހަރު ބަލާފައި
ގައުމީ އެއާލައިނުން އޭ-320 ގެ ދަތުރުތައް އަލުން އައްޑުއަށް ފަށަނީ
ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އެއާބަސް 320 ގެ ދަތުރުތައް އަލުން އައްޑުއަށް ފަށަން ނިންމައިފިއެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އެއާބަސް 320 ގެ ދަތުރުތައް އަލުން އައްޑުއަށް ފަށަން ނިންމައިފިއެވެ.

މޯލްޑިވިއަނުން އެކްސް ގައި ކޮށްފައިވާ ޕޯސްޓުގައި ބުނީ އަންނަ އެޕްރީލް މަހުގެ 10 އިން ފެށިގެން އެ އެއާލައިންގެ އެއާބަސް 320 ގެ ދަތރުތަށް އައްޑޫއަށް އަލުން ފަށަން ހަމަޖެހިފައިވާ ކަމަށާއި، ކޮންމެ ހަފްތާއަކު ހިނިހިރާއި ބުރާސްފަތީގައި އެއާބަސް ގެ ދަތުރު އައްޑޫ ގަމަށް އޮންނާނެ ކަމަށެވެ.

މީގެ ކުރިންވެސް އެއާބަސް ގެ ދަތރުތައް އައްޑޫއަށް ވަނީ ކޮށްފައެވެ. އެ ދަތުރުތައް މެދުކަނޑާލީ އެ ބޯޓުގެ މައެިންޓޭނަންސް މަސައްކަތްތަކެއް ކުރުމަށް ކަމަށް އެ އެއާލއިން އިން ބުނެފައިވެއެވެ.

އެއާބަސް 320 ގެ އެއާކްރާފްޓަކީ 152 މީހުންގެ ޖާގައިގެ ބޯޓެކެވެ. އެ އެއާކްރާފްޓްގައި އިކޮނޮމީ ކުލާހުގެ 138 ގޮނޑިއާއި، ބިޒްނަސް ކްލާހުގެ 14 ގޮޑި ހުރެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ