މެލޭޝިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދޭ، މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް (އެމްޓީސީޕީ) ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
މިސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ އަދި އިތުރު އެލަވަންސް ލިބޭނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ކުރި އިއުލާނު ގައި ވެއެެވެ.
އެ ސްކޮލާޝިޕްގެ ދަށުން ކުރިއަށް ގެންދާ ދެ އަހަރާއި ތިން އަހަރާއި ދެމެދު ހިންގާ އެ ސްކޮލަޝިޕުގައި ހިމެނެނީ މާސްޓާސް ޑިގްރީ ޕްރޮގްރާމްތަކެކެވެ.
އުމުރުން 45 އަހަރު ނުވާ ކޮންމެ މީހަކަށް ވެސް ކޯސްތަކުގައި ބައިވެރިވެވޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.
މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާ އެ ސްކޮލާޝިޕްތަކަށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ. އަދި އެންޑޯޒް ފޯމް މަހުގެ 22ގެ ކުރިން ފޮރިން މިނިސްޓްރީ މެއިލް ކުރަން ޖެހެއެެވެ.
އެ ކޯސްތަކަށް އެދުމުގެ ކުރިން ، ހޮވޭ ކޯހާއި އިންސްޓިޓިއުޓް އަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް ހަޔާ އެޑިއުކޭޝަނުން އެދިފަ އެވެ.







