
މެލޭޝިއާގެ އާ ބޮޑުވަޒީރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
މެލޭޝިއާގެ އާ ބޮޑުވަޒީރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
ލިޔުން:
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙް މެލޭޝިޔާގެ އައު ބޮޑުވަޒީ ދާތޯ ސެރީ އަންވަރު އިބްރާހީމަށް މަރުހަބާ ވިދާޅުވެޖެއެވެ.
މެލޭޝިއާގެ އާ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ އަންވަރު އިބްރާހީމްގެ ލީޑަރޝިޕްގެ ދަށުން، ރާއްޖެއާއި މެލޭޝިޔާއާ ދެގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ. މެލޭޝިޔާގެ އާ ސަރުކާރާ ގުޅިގެން ބައިނަލްއަގުވާމީ މުހިންމު ކަންކަމުގައި މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރުދުވަހު މެލޭޝިޔާގައި ބޭއްވި، އެގައުމުގެ 15ވަނަ އާންމު އިންތިހާބަށް ފަހު، އެގައުމުގެ ރަސްގެފާނު، އަންވަރު އެމަގާމަށް އައްޔަން ކުރެއްވީ، އެއްވެސް ޕާޓީއަކަށް ގާނޫންހަދާ މަޖިލީހުގެ އަގުލަބިއްޔަތު ނުލިބުމުން ގުޅިފައިވާ ޕާޓީތަކުން ކޯލީޝަން ސަރުކާރެއް އުފެއްދުމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
