-
އެ މުބާރާތުގައި މީގެކުރިން ބައިވެރިވެފައި ވާނަމަ ބައިވެރިވި ފަހުން 3 އަހަރު ހަމަވެފައިވުން
-
އެ މުބާރާތުގައި މީގެކުރިން ބައިވެރިވެ މުބާރާތުން 1 ވަނަ ހޯދާފައިވާ ފަރާތެއްކަމުގައި ނުވުން
-
30 ފޮތް ހިތުދަސް ފަރާތެއް ކަމުގައިވުން. (ނުބަލާ ކިޔެވުމުގެ ބައި)
-
6 އޮގަސްޓް 2023 އަށް 13 އަހަރު ފުރިފައިވުން
-
މުޅި ޤުރްއާން ތަޖުވީދުމަގުން ފަރިތަކަމާއެކު ދިގުރާގަށް ކިޔަވަން އެނގުން
-
ދިވެހިރައްޔިތެއް ކަމުގައިވުން

މެލޭޝިއާގައި ބާއްވާ އިންޓަނޭޝަނަލް ގުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މެލޭޝިއާގައި ބާއްވާ އިންޓަނޭޝަނަލް ގުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ލިޔުން:
މެލޭޝިއާ ސަރުކާރުން އިންތިޒާމްކޮށްގެން އޮގަސްޓް މަހުގެ 6 އިން 12 އަށް ކުއާލަލަންޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 63 ވަނަ "އިންޓަރނޭޝަނަލް އަލް-ގުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ 2023" ގުރްއާން މުބާރާތުގައި ދިވެހިރާއްޖެއިން، އަންހެން އަދި ފިރިހެން ބައިވެރިޔަކު، ބައިވެރި ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން އެ މުބާރާތަށް ހޮވާނީ ބަލައިގެން ކިޔެވުމުގެބަޔާއި ނުބަލާ ކިޔެވުމުގެ ބައިން، ކޮންމެ ބަޔަކުން 1 ބައިވެރިއެކެވެ. އަދި އެ މުބާރާތަށް ބައިވެރިން ހޮވުމުގައި ގައުމީ މުބާރާތަކުން 1 ވަނަ ލިބިފައިވާ ފަރާތްތަކަށް ބޮޑަށް އިސްކަން ދެވޭނެ ކަމަށް ބުނެފައިވެއެވެ.
މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތައް:
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
