މާލެ: 31°C

މެލޭޝިއާގައި ދިރިއުޅޭ ދިވެއްސަކު ގެއްލިގެން ހޯދަނީ

March 3, 2025
207 ފަހަރު ބަލާފައި
މެލޭޝިއާގައި ދިރިއުޅޭ ދިވެއްސަކު ގެއްލިގެން ހޯދަނީ
މެލޭޝިއާގައި ދިރިއުޅޭ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.


މެލޭޝިއާގައި ދިރިއުޅޭ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

މެލޭޝިއާގައި ދިރިއުޅޭ އަހުމަދު އުސެއިދު އިބްރާހިމް އަފީފް ކިޔާ މީހަކު އިއްޔެ 3:00 އިން ފެށިގެން ގެއްލިގެން ހޯދަމުންދާކަމަށް މެލޭޝިއާގައި ދިރިއުޅޭ މީހުންގެ ވަޓްސްއަޕްގްރޫޕްތަކު ގައި ބުނެފައިވެއެވެ.

އަދި އެމީހާ ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ފޮރިންމިނިސްޓްރީއަށް ލިބުމާ ގުޅިގެން މެލޭޝިއާގައި ހުންނަ ހައި ކޮމިޝަނުން، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭނާއާ ބެހޭ އިތުރު މައުލޫމާތެއް ލިބިއްޖެ ނަމަ މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ވީހާ ވެސް އަވަހަކަށް މައުލޫމާތު ހިއްސާ ކޮށްދިނުމަށް ވަނީ އެދިފަ އެވެ.

 

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ