މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މޯލްޑިވްސް ސެންޓަރުން ކޮންމެ އަހަރަކުވެސް ރަމަޟާން މަހު ބާއްވަމުން އަންނަ ޤްރުޢާން މުބާރަތް މިއަހަރުވެސް ބާއްވަން ނިންމައި އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މެލޭޝިއާ އެމްބަސީގެ މޯލްޑިވްސް ސެންޓަރ އިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެސެންޓަރުން ކޮންމެ އަހަރަކުވެސް މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށްގެން ރޯދަމަހު ބާއްވަމުން އަން ޤްރުއާން މުބާރާތް މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ ގޮތުން މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހަކީ 8 މާރޗް 2025 ކަމަށެވެ.
https://t.co/Quv7fNMYct pic.twitter.com/Ztk2mwGhMC
— Maldives Centre 🇲🇾 (@maldivescentre) February 3, 2025
މުބާރާތުގައި 5 އުމުރުފުރާގެ ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށާއި އެގޮތުން 20 ފެބްރުއަރީ 2025 ގެ ކުރިން https://t.co/Quv7fNMYct ލިންކުގައިވާ ގޫގުލް ފޯމު ފުރުމަށްފަހު ހުށަހެޅުމަށް އެދިފައިވެއެވެ. އަދި މުބާރާތުގައި ދަރިވަރުން ކިޔަވަން ޖެހޭނީ 5 މިނެޓަށްވުރެ ދިގުނޫން ވަގުތުކޮޅެއްގައި ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.
މިފަހަރުގެ މުވާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވާ އުރުފުރާ ތަކަކީ 7 އަހަރުން ދަށް، 10 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް، އަދި 16 އަހަރުން މަތީގެ އުމުރުފުރާތަކުގެ ކުދިންނަށެވެ.







