މާލެ: 31°C

މެލޭރިއާ ކޭސްއެއް ފެނުނަސް ފެތުރުމުގެ ބިރެއް ނެތް: ހެލްތް މިނިސްޓްރީ

މެލޭރިއާ ކޭސްއެއް ފެނުނަސް ފެތުރުމުގެ ބިރެއް ނެތް: ހެލްތް މިނިސްޓްރީ
April 18, 2023
3 ފަހަރު ބަލާފައި
މެލޭރިއާ ކޭސްއެއް ފެނުނަސް ފެތުރުމުގެ ބިރެއް ނެތް: ހެލްތް މިނިސްޓްރީ
ރާއްޖޭއައިސް އުޅޭ ބިދޭސީ މީހެއްގެ ގައިން މެލޭރިޔާ ފެނިފައި ވީ ނަމަވެސް އެބަލި ފެތުރުމުގެ ބިރެއް ނެތް ކަމަށް ހެލްތް މިނިސްޓްރީއިން ބުނެފިއެވެ. ހެލްތް މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު އައިމިނަތު ޝަތުފާ "މިނިވަން" އަށް ވިދާޅުވީ، ދޭތެރެ ދޭތެރެއިން ބޭރުމީހުން ގައިން އެބަލި ފެންނަކަމަށެވެ. " ދޭތެރެ ދޭތެރެއިން ބޭރުމީހުން ގައިން މެލޭރިއާ ފެނޭ ، އެކަމަކު ފެ ތުރުމުގެ ޗާންސެއް ނޯންނާނެ، ރާއްޖޭގަ މެލޭރިއާ ފަތުރާ މަދިރި ނޫޅޭ " ޝަތުފާ ވިދާޅުވިއެވެ. މިދިޔަ ޖެއުއަރީން ފެށިގެން ރާއްޖޭގައި އުޅޭ ބިދޭސީ މީހަކު މެލޭރިއާއަށް ޕޮސިޓިވް ވެފައިވާކަމަށް މީޑިއާތަކުގައި ރިޕޯޓު ކުރި ނަަމަވެސް އެއީ އައުޓް ބްރޭކެއް ނޫން ކަމުގައާއި އާ ކަމެއްނޫން ކަމުގައި ހެލްތް މިނިސްޓްރީއިން ބުންޏެވެ. މެލޭރިއާ އަކީ ރާޢަޖެއިން ނައްތާލެވިފައިވާ ބައްޔެކެވެ.

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއް ކަމަށްވާ މެލޭރިއާ ރާއްޖެއިން ނައްތާލި ކަމުގެ ލިޔުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ރާއްޖެއަށް ދިނީ 2015 ވަނައަހަރުއެވެ.

ދެކުނު އިރުމަތީ އޭޝިޔާގެ ޑަބްލިޔުއެޗްއޯގެ މެންބަރު ގައުމުތަކުގެ ތެރެއިން މެލޭރިއާ މުޅިން ނައްތާލެވުނު ފުރަތަމަ ގައުމަކީ ރާއްޖެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ