މާލެ: 31°C

މަލާމާތްކުރި ކަމަށްބުނެ ފޭސްބްކް ޕޯސްޓް ޖެހި މީހާގެ މައްްޗަށް ދައުވާ ކުރާނެކަމަށް ލުބުނާ ވިދާޅުވެއްޖެ

February 9, 2025
1044 ފަހަރު ބަލާފައި
މަލާމާތްކުރި ކަމަށްބުނެ ފޭސްބްކް ޕޯސްޓް ޖެހި މީހާގެ މައްްޗަށް ދައުވާ ކުރާނެކަމަށް ލުބުނާ ވިދާޅުވެއްޖެ
އިންޓަވިއުއެއްގައި ނެޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯ ގެ މަޤާމުގައިހުރި ލުބުނާ ޒާހިރު މަލާމާތްކުރި ކަމަށްބުނެ ފޭސްބްގައި ޕޯސްޓް ޖެހި މީހާގެ މައްްޗަށް ދައުވާ ކުރާނެކަމަށް ލުބުނާ ވިދާޅުވެއްޖެ އެވެ.

އިންޓަވިއުއެއްގައި ނެޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯ ގެ މަޤާމުގައިހުރި ލުބުނާ ޒާހިރު މަލާމާތްކުރި ކަމަށްބުނެ ފޭސްބްގައި ޕޯސްޓް ޖެހި މީހާގެ މައްްޗަށް ދައުވާ ކުރާނެކަމަށް ލުބުނާ ވިދާޅުވެއްޖެ އެވެ.

އަހުމަދު ޒަކީ (އުސްތާޒް) ގެ ނަމުގައި ބޭނުންކުރާ ފޭސްބުކް އެކައުންޓަކުން ލުބުނާ އާއި ބެހޭގޮތުން ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ ލުބުނާ އަކީ އޭނާ އިންޓަވިއުއަކަށް ދިއުމުން ހީހީފައި މަލާމާތްކުރި އަންހެން ކަމބަލެއް ކަމަށާއި، އަދި އޭނާގެ ހުރި އައިބު ތަކަށްވެސް ފްރަައްސާރަ ކުރި ކަމަށާއި އެއްޗެއް ނުބުނެ ކެތްކުރީ ކަނބަލަކަށް ވީމައި ކަމަށެވެ. އަދި ނަސީބު ރަނގަޅުކަމުން ކޮންމެ ސަރުކާރަކުވެސް މަތީ ފަޑީގައި ލުބުނާ ވަޒީފާ އަދާކުރާ ކަމަށްވެސް ލިޔެފައިވެއެވެ.

ލުބުނާ އައި ބެހޭ ގޮތުން އަޙްމަދު ޒަކީ (އުސްތާޒް) ފޭސްބްކު އެކައުންޓުން ކޮށްފައިވާ ޕޯސްޓާ ގުޅޭގޮތުން ލުބުނާ ވަނީ އެ ތުހުމަތު ދޮގު ކުރައްވައި، އެ މައްސަލާގައި ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވެ ލުބުނާގެ ފޭސްބް ގައި ޕޯސްޓް ކުރައްވާފައެވެ.

ލުބުނާ ކޮށްފައިވާ ފޭސްބްކް ޕޯސްޓްގައި ވަނީ1997 އިން ފެށިގެން ސަރުގާރުގައި ޚިދުމަތް ކުރައްވަން ފެއްޓެވީންސުރެ އެކަމަނާ އަކީ 2011 ގައި އެންޑީއޭ ގެ އިންޓަރވިއު އެއް ފިޔަވައި ދުވަހަކުވެސް އިންޓަވިއު ޕެނަލްއެއްގައި އިންނެވި މީހެއް ނޫން ކަމަށާއި، އަސާސެއްނެތި ދޮގު އިލްޒާމް އެޅުވުމަކީ ވަރަށް ހިތާމަ ކުރައްވާ ކަމެއް ކަމަށާއި އެކަމާ ގުޅިގެން ގާނޫނީ ދައުވާ އެ މީހާގެމައްޗަށް އުފުލާނެ ކަމަށެވެ.

އަދި ލުބުނާ ވަނީ އޭނައަކީ މީހުންނަށް މަލާމާތްކޮށް ފުރައްސާރަ ކުރައްވާ ޒާތުގެ ބޭފުޅެއް ނޫން ކަމަށާއި މިހާތަނަށް އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށާއި، އޭނާ ދަންނަ މީހުންނަށް ވެސް އެކަން ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް ވެސް އެ ޕޯސްޓް ގައި ވިދާޅުވެފައިވެ އެވެ.

ލުބްނާގެ މައްޗަށް ކުރި ތުހުމަތާ ގުޅިގެން ދައުވާ ކުރާނެ ކަމަށް ވިދާޅުމުން އަނެއްކާވެސް އަޙްމަދު ޒަކީ (އުސްތާޒް) ވަނީ ފޭސްބުކްގައި ލިޔާ އެއްޗަކަށް ކޯޓަށްދާ މީހަކަށް އިތުރު ކަމެއް ކުރަން އަވަދި ނުވާނެ ކަމަށް ބުނެ އިތުރު ޕޯސްޓެއް ފޭސްބްކުގައި ކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ