މާލެ: 31°C
މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން ފައިސާ ނެގި ބިދޭސީއަކު ހޯދަނީ

މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން ފައިސާ ނެގި ބިދޭސީއަކު ހޯދަނީ

January 28, 2024
3 ފަހަރު ބަލާފައި
މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން ފައިސާ ނެގި ބިދޭސީއަކު ހޯދަނީ
މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުގައި ހުރި ފައިސާ ވަގަށް ނެގި މައްސަލައިގައި ބިދޭސީ އަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ. މި މައްސަލައިގައި ފުލުހުން ހޯދަމުންދަނީ ސައި ތެޖާ މެދަރަމެޓްލާ ނަމަކަށް ކިޔާ އިންޑިއާގެ ރައްޔިތެކެވެ. ފުލުހުން ބުނީ މި މީހާ ހޯދަމުންދަނީ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުގައި ހުރި 39000 ރުފިޔާ ނަގާފައިވާ މައްސަލައާ ގުޅިގެން، އެމީހާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ. އެހެންކަމުން، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން، މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް، ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނަށް އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުގެ 14:00 އަށް އޭނާ ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ