މާލެ: 31°C
މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

May 9, 2024
2 ފަހަރު ބަލާފައި
މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ. މި މައްސަލައިގައި ފުލުހުން ހޯދަމުންދަނީ ކ. މާލެ، ދަފްތަރު ނަންބަރު 1817، ހުސައިން ޖަޒްލާން (28އ) އެވެ. ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ ހުޅުމާލެ ފޭސް 2 އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ޖަޒްލާން ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ. އެހެންކަމުން، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން، މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް، ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނަށް މިމަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އަށް  އޭނާ ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ