
މަކަރާއި ހީލަތުގެ މައްސަލައެއްގައި ދިވެހި 3 ފިރިހެނުން ހޯދަނީ
މަކަރާއި ހީލަތުގެ މައްސަލައެއްގައި ދިވެހި 3 ފިރިހެނުން ހޯދަނީ
ލިޔުން:
މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ދިވެހި ތިން ފިރިހެނުން ހޯދަން އިއުލާން ކޮށްފިއެވެ.
ފުލުހުންކުރި އިއުލާނުގައި ބުނީ ހުޅުމާލެ ފޭސް ދޭއް ޕޮލިސްގެ އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުންދާ މައްސަލައާ ގުޅިގެން ހޯދަމުންދާ އެ ތިން މީހުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި ގުޅިގެން ފުލުހަށް ހާޒިރުވާން އަންގާފައިވަނީ ބ. ގޮއިދޫ / ހީނާމާގެ، އަޙްމަދު ޔާނިސް (27އ) އާއިކ. މާލެ / އަނދުންގެ، އިބްރާހީމް ޝަމީމް (60އ)ގެ އިތުރުން އއ. ފެރިދޫ / ބަހާރީގެ، މުޙައްމަދު ޝާން (29އ)އެވެ.
އެގޮތުން، މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް، މިމަހުގެ 31 ވަނަ ދުވަހުގެ 10:00 އަށް ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނަށް ތިން މީހުން ހާޒިރުވުމަށް އިއުލާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
