މާލެ: 31°C

މަކަރާ ހީލަތުން ދެލައްކަ ރުފިޔާއަށް ވުރެގިނަ ރުފިޔާއިން ވިޔަފާރި ކުރި 2 މީހަކު ހައްޔަރުކޮށްފި

February 21, 2023
2 ފަހަރު ބަލާފައި
މަކަރާ ހީލަތުން ދެލައްކަ ރުފިޔާއަށް ވުރެގިނަ ރުފިޔާއިން ވިޔަފާރި ކުރި 2 މީހަކު ހައްޔަރުކޮށްފި
މަކަރާ ހީލަތުން ދެލައްކަ ރުފިޔާއަށް ވުރެގިނަ ރުފިޔާއިން ވިޔަފާރި ކުރި 2 މީހަކު ހައްޔަރުކޮށްފި
މަކަރާ ހީލަތުން 200000 (ދެލައްކަ ރުފިޔާ) އަށް ވުރެގިނަ ރުފިޔާއިން މުދާގަނެ ވިޔަފާރި ކުރި 2 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓަނެޓް ބޭންކިން އަށް ވަންނަން ބޭނުންކުރާ ކިއުއާރު ކޯޑް ސްކޭން މެދުވެރިކޮށް މަކަރާ ހީލަތުން ދެ ލައްކަ އަށް ވުރެން ގިނަ ރުފިޔާގެ މުދާ ގަނެފައިވާ މައްސަލައެއްގައި މި މަހުގެ 18 ވަނަ ދުވަހު ދިވެހި ދެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކުރިކަމަށް ފުލުހުން ބުނީ އުމުރުން 25 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއް ކަމަށެވެ. ފުލުހުން ބުނީ މިމަހުގެ 18 ވަނަ ދުވަހު ހައްޔަރުކުރި މި ދެ ފިރިހެނުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ވަނީ ދީފައިކަމަށެވެ. މި މައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

އޮޅުވާލައިގެން ކިއުއާރު ކޯޑް މެދުވެރިކޮށް ވިޔަފާރިިކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެން ކަމުން ބީއެމްއެލް އިން ވަނީ ކިއުއާރު ކޯޑް ސްކޭންކޮށްގެން ހިންގާ މުއާމަލާތްތައް މިއަދުން ފެށިގެން 750ރ. އަށް ލިމިޓްކޮށްފަ އެވެ. ފައިސާގެ ލިމިޓުގެ އިތުރުން ކިއުއާރު ބޭނުން ކޮށްގެން އިންޓަނެޓް ބޭންކިން އިން ދުވާލެއްގެ މައްޗަށް ކޮންމެ ކަސްޓަމަރަކަށް ކުރެވޭނީ 10 މުއާމަލާތް ކަމަށް މިހާރު ވަނީ ހަމަޖައްސައިފައެވެ.

ބީއެމްއެލްގެ ކިއުއާރު ކޯޑް ސްކެން ކޮށްގެން ކުރާ ފައިސާގެ މުއާމަލާތުތަކަށް ކުރިން އެއްވެސް ލިމިޓެއް ނެތް ނަމަވެސް މިހާރު 750ރ. ގެ ލިމިޓެއް ކަނޑައެޅީ ބޭންކުން ބުނިގޮތުގައި އޮޅުވާލައިގެން ހިންގާ ސްކޭމް ޓްރާންސެކްޝަންތަކުން ކަސްޓަމަރުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ