މިއަދުގެ ޖަލްސާއަށް ހުރަސް އަޅަން ސަރުކާރު މެމްބަރުން ތަޅުމުގައި ހިންގި ހަރަކާތުގައި މަޖިލީހުގެ ތަޅުމުގައި ހުރި ތަކެއްޗަށް ގެއްލުން ދިން ކަމަށް ވެސް އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތު ކުރެއްވި އެވެ.
އެކަމުގެ ތެރޭގައި މައިނޯރިޓީ ލީޑަރު، ފޮނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މޫސާ ސިރާޖު މައިކުތައް ފޮރުވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީ އަދި ޑިމޮކްރެޓްސްއިން ވަޒީރުންނަށް ރުހުން ނުދޭނެކަން ހާމަކުރުމުން، މިއަދު މެންދުރު 1:30 ގައި ނެގުމަށް ތާވަލު ކުރި ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓަށް ސަރުކާރު މެމްބަރުން ހުރަސް މަޖިލީހުގެ ތަޅުމުގެ ދޮރުތައް ތަޅުލައި، މިހާތަނަށް އައިއިރު ވެސް ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓު ނެގޭ ގޮތް ވެފައެއް ނުވެ އެވެ. މަޖިލިސް ބޭރުގައި އާންމުންނާއި ސަރުކާރުގެ އިސްވެރިން ދަނީ އިހުތިޖާޖުކުރަމުންނެވެ.






