20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ވޯޓު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ލ. ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުއްރަހީމް އަބްދުﷲ ދެއްވައިފިއެވެ.މިހެން ވިދާޅުވީ ވިހިސައުވީސް އިންތިހާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރަން ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައެވެ.
ހަތަރު ކެންޑިޑޭޓުންނާ ވާދަކުރައްވާ ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބުކުރެއްވި އަބްދުއްރަހީމް ވިދާޅުވީ ފުރަތަމަ ފަހަރަށް ކެބިނެޓަށް ހައްދުންމަތީގެ ދެ ބޭފުޅުން އައްޔަންކުރުމާއެކު އެ އަތޮޅުގެ ސިޔާސީ ތާރީހު ބަދަލުވެފައިވާ ކަމަށެވެ. ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ނިސްބަތްވެ ވަޑައިގަންނަވަނީ ފޮނަދޫ އަށެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެ ދެ ވަޒީރުންނަކީ މި ސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރުންނަށްވާއިރު މި ސަރުކާރު ދެމެހެއްޓުމުގައި ފޮނަދޫ ރައްޔިތުންނަށްވުރެ ވަކިން ގަދައަޅާ މަސައްކަތް ކުރަން ޖެހޭ ބަޔަކު ނެތެވެ.
އެއަށް ފަހު މީގެ ކުރިން ފޮނަދޫ ދާއިރާގެ މެންބަރުކަން ދެ ދައުރުގައި ކުރައްވާފައިވާ އަބްދުއްރަހީމް ވިދާޅުވީ މާ ލަސްތަކެއް ނުވެ އަނެއްކާވެސް ހައްދުން މަތީގެ ތާރީހު ބަދަލުވެގެންދާނެ ކަމަށެވެ.
''އިރާދަކުރެއްވިއްޔާ އަދި މިއަށްވުރެ މާ އުފާވެރި ރެއެއް އަޅުގަނޑުމެންނާ ބައްދަލުކުރާނެ. އެ ވާހަކައިގެ ތަފުސީލަކަށް އަޅުގަނޑު ނުދާނަން. އެކަމަކުވެސް އިރާދަކުރެއްވިއްޔާ މާލަހެއް ނުވެ އަނެއްކާވެސް ހައްދުންމަތީގެ ތާރީހު ބަދަލުވެގެންދާނެ ކަމުގެ އުފާވެރި ހަބަރުދެމުން އަޅުގަނޑުގެ ވާހަކަ ނިންމާލާނީ'' ޕީއެންސީގެ ޗެއާޕާސަންގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕީއެންސީ/ޕީޕީއެމް ޓިކެޓުގައި މަޖިލީސް އިންތިހާބު ކާމިޔާބު ކުރީ 66 ކެންޑިޑޭޓުންނާއެކު ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަމެޖޯރީޓީ ހޯދާފައެވެ. ސަރުކާރުގެ ތާއިދާ އެކު އަމިއްލަ ގޮތުން ވާދަކޮށް ކާމިޔާބުކުރި ކެންޑިޑޭޓުންނާއެކު ސަރުކާރަށް ތާއިދުކުރާ މެންބަރުންގެ އަދަދު 77 އަށް އަރާފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑާރު ގާސިމް އިބްރާހިމް އާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވާދަކުރި ދާއިރާތަކަށް ޕީއެންސީން ވާދައެއް ނުކުރެއެވެ. ސަރުކާރުން ތާއިދުކުރީ މި ތިން ސިޔާސީ ލީޑަރުންނަށެވެ. ވެލިދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ކެންޑިޑޭޓަކު ވާދަކުރި ނަމަވެސް އެމްޑީއޭގެ ޓިކެޓުގައި އިންތިހާބުވި މުހައްމަދު އައްބާސް އަށް ސަރުކާރުން ތާއިދުއޮތެވެ.
ސަރުކާރުން ލަފާކުރާ ގޮތުން މަޖިލީހުގައި ސަރުކާރާއެކު 80 މެންބަރުން މަސައްކަތްކުރާނެއެވެ. 80 މެންބަރުން ސަރުކާރާއެކު ތިބޭނެނަމަ މަޖިލީހުގައި ސަރުކާރާ ދެކޮޅަށް ތިބޭނީ ވާދަވެރި އެމްޑީޕީގެ 12 މެންބަރުންގެ އިތުރަށް އަމިއްލަ އެންމެ މެންބަރެކެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކާމިޔާބު ކުރައްވާނެ ކަމަށް އަދުރޭ ވިދާޅުވެއްޖެ
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކާމިޔާބު ކުރައްވާނެ ކަމަށް އަދުރޭ ވިދާޅުވެއްޖެ
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
