
މަޖިލީސް ރައީސަކަށް އަބްދުއްރަހީމް، ނައިބަކަށް ނާޒިމް!
މަޖިލީސް ރައީސަކަށް އަބްދުއްރަހީމް، ނައިބަކަށް ނާޒިމް!
ލިޔުން:
މި މަހުގެ 28 ވަނަ ދުވަހުގައި ހުވައިކުރާ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ އިސް މުޝީރު ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު ޢަބްދުއްރަހީމް އަބްދުﷲ އަދި ދިއްގަރު ދާއިރާގެ އިންތިޚާބީ މެންބަރު އަހުމަދު ނާޒިމް މަޖިލީހުގެ ނައިބު ރައީސް ކަމަށް އައްޔަން ކުރުމަށް ޕީއެންސީން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 74 މެންބަރުންނާއެކު މަޖިލީހުގެ ސުޕަ-މެޖޯރިޓީ ލިބިފައިވާ ޕީއެންސީން އެ ދެ ބޭފުޅުން މަޖިލީހުގެ ރައީސްކަމަށާއި ނައިބުރައީސްކަމަށް ގެނައުމަށް ނިންމާފައިވަނީ މިއަދު މުލިއާގޭގައި ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި ކެބިނެޓުގެ ވަޒީރުންނާއި ޕީއެންސީގެ އިންތިޚާބީ މަޖިލިސް މެންބަރުންނާއެކު ކުރިއަށްގެންދާ ބައްދަލުވުމުގައެވެ.
އަބްދުއްރަހީމަކީ ފާއިތުވި 5 އަހަރު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމުގައި އެެންމެ އިސްކޮށް ހުންނެވި ބޭފުޅާއެވެ. ޕީއެންސީގެ ރައީސްގެ މަޤާމުގައި ހުންނެވި އަބްދުއްރަހީމަކީ އެއިރު އެކޯލިޝަނުގެ ލީޑަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޖަލަށް ލުމުން ވަގުތީ ގޮތުން ޕާޓީއާ ހަވާލުވެވަޑައިގެން ހުންނެވި ލީޑަރެވެ.
ނާޒިމަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަން ކުރެއްވުމުގެ އިތުރުން ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގެ މަތީ މަޤާމުތައް އަދާކުރައްވާފައިވާ ސިޔާސީ ތަޖުރިބާކާރެކެވެ.
މަޖިލީހުގެ ރިޔާސަތަށް ބޭފުޅުން އައްޔަންކުރެއްވުމުގެ އިތުރަށް ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ މަޤާމުތަކަށްވެސް ބޭފުޅުން ހަމަޖައްސަވާފައިވެއެވެ. ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގައި ޖުމްލަ 74 މެންބަރުން ތިއްބަވާނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
