
މަޖިލިސް އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީ ވެފައޮތްތޯ ބެލުމަށް އިލްތިމާސްކޮށްފި
މަޖިލިސް އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީ ވެފައޮތްތޯ ބެލުމަށް އިލްތިމާސްކޮށްފި
ލިޔުން:
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ދީފައިވާ މުއްދަތުގައި، ޗެކްކޮށް މައްސަލަ އެއް އުޅޭނަމަ ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވާން ބާކީ އޮތީ 6 ދުވަސްކަމަށެވެ. އެހެންކަމުން މައުލޫމާތު ރަނގަޅުތޯ ބެލުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން، ވޯޓުލާ މީހުންގެ ނަމާއި އެޑްރެސް، އައިޑީ ކާޑު ނަންބަރު އަދި ހާާއްސަކޮށް ވޯޓުލާ ދާއިރާ އޮތީ ރަނގަޅަށްތޯ ބެލުމަށް ހަބީބް އިލްތިމާސްކުރެއްވިއެވެ.
ހަބީބު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ވޯޓާސް ލިސްޓުގައި މައުލޫމާތު ހިމަނާފައިވާނީ ކޮންމެ މީހެއްގެވެސް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބަލައިގެން ކަމަށެވެ. އަދި ގޭގެ ރަޖިސްޓްރީއަށް ކޮމިޝަނުން ނުބަލާނެ ކަމަށާއި އެހެންކަމުން އެ މައުލޫމާތު ދިމާވޭތޯ ބެލުމަށް ހަބީބް އިލްތިމާސްކުރެއްވިއެވެ.
ހަބީބް ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތުގައި ވޯޓާސް ލިސްޓުގައި ހިމެނޭ މައުލޫމާތު ޗެކު ނުކުރެވިއްޖެނަމަ، އެމީހަކު ބޭނުންވާ ދާއިރާއަށް ވޯޓު ނުލެވިދާނެކަމަށެވެ.
ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ މައުލޫމާތު 1414 އަށް ގުޅައިގެން ނުވަތަ VR (space) NID ޖެހުމަށްފަހު 1414 އަށް އެސްއެމްއެސް ކޮށްލުމުން ވެސް ބަލައިލެވޭނެއެވެ.
ރައްޔިތުންގެ މަޖިލީސް އިންތިހާބު އޮންނާނީ އަންނަ މާރޗްމަހުގެ 17 ވަނަ ދުވަހުއެވެ. އަދި މިމަހުގެ 10 ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް، މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށައެޅުމުގެ ފުރުސަ
ތު ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
