މާލެ: 31°C
މަޖިލިސް އިންތިހާބު ބާއްވާ ތާރީހަކީ މާޗް 17 ކަމަށް ނިންމައިފި

މަޖިލިސް އިންތިހާބު ބާއްވާ ތާރީހަކީ މާޗް 17 ކަމަށް ނިންމައިފި

January 10, 2024
3 ފަހަރު ބަލާފައި
މަޖިލިސް އިންތިހާބު ބާއްވާ ތާރީހަކީ މާޗް 17 ކަމަށް ނިންމައިފި
ރައްޔިތުންގެ މަޖިލިސް އިންތިޚާބު މާރިޗު 17 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމަވައިފިއެވެ. އެ ދުވަސް ވާނީ ރޯދަ މަހުގެ ހަ ވަނަ ދުވަހު އެވެ. އީސީން މަޖިލިސް އިންތިޚާބުގެ ތާރީހު ކަނޑައެޅުމުގައި އާއްމު ރައްޔިތުންނާއި ކެންޑިޑޭޓުންނަށް އެންމެ ފަސޭހަވާނެ ގޮތްތަކާއި އީސީއަށް އިންތިޒާމު ކުރުމަށް ހުރި ގޮންޖެހުންތަކަށް ބައްލަވާނެކަމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެފައެވެ. މިއަދު އީސީއިން ނެރުނު ބަޔާނެއްގައި ބުނީ، އެގޮތަށް ނިންމީ ރަމަޟާން މަހު ފަހުގެ ތާރީހެއްގައި އިންތިހާބު ބާއްވަން ބޮޑެތި އިދާރީ ހުރަސްތަކެއް ހުރުމުން ކަމަށެވެ. [embed]https://twitter.com/ElectionsMv/status/1744983493086736792[/embed] މިއަހަރުގެ މަޖިލިސް އިންތިހާބުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ވިހި24" އެވެ. އެއީ މަޖިލީހުގެ 20 ވަނަ ދައުރުގެ އިންތިހާބު 2024ގައި ބާއްވާތީ އީސީއިން ކަނޑައެޅި ޝިއަރެކެވެ. މި ހަފުތާގެ އާދީއްތަ ދުވަހު އީސީން މަޖިލިސް އިންތިޚާބު ބާއްވާނެ ތާރީހު އިއުލާންކުރުމަށް ނިންމުމަށްފަހު ލަސްކުރީ އެމްޑީޕީން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. އެގޮތުން، މަޖިލީހުގެ ކޮމިޓީގެ ލަފަޔާ އެއްގޮތަށް ރަމަޟާން މަހަށްފަހު އިންތިހާބު ބޭއްވުމަށް އެ ޕާޓީން އެދުނެވެ. އެ ސިޓީއާ ގުޅިގެން އީސީން ވަނީ އެ ޕާޓީއާ ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓުވެސް މިއަދު އާއްމު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ