މާލެ: 31°C
މަޖިލީހުން ޖޭއެސްސީއަށް ރިޒާ

މަޖިލީހުން ޖޭއެސްސީއަށް ރިޒާ

June 3, 2024
3 ފަހަރު ބަލާފައި
މަޖިލީހުން ޖޭއެސްސީއަށް ރިޒާ
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުންގެ މަޖިލިސް ތަމްސީލު ކުރާނެ މެމްބަރަކަށް މާފުށި ދާއިރާގެ މެމްބަރު ހުސެއިން ރިޒާ (ފޮޓޯ)ގެ ނަން ފާސްކޮށްފި އެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މެންދުރު ވަގުތަށް މެދުކަނޑާލުމުގެ ކުރިން، ޖޭއެސްސީއަށް ރިޔާ ހަމަޖައްސަން ފެންނަކަމަށް ނަން ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް އެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މާފަންނު ދެކުނު ދާއިފރާގެ މެމްބަރު އަބްދުﷲ ރިފާއު އެވެ. ޖޭއެސްސީގައި މަޖިލިސް ތަމްސީލު ކުރާނެ މެމްބަރަކަށް ނަމެއް އިދިކޮޅު އެމްޑީޕީން ހުށަހަޅާފައި ނުވެ އެވެ. ވަގުތު ހަމަވިއިރު، އިތުރު ނަމެއް މެމްބަރުން ހުށަހަޅާފައި ނުވާތީ ވޯޓު ގަޑީގައި ރިޒާގެ ނަމަށް ވޯޓަށް އެހީ އެވެ. ރިޒާ ޖޭއެސްސީއަށް ހަމަޖެއްސުމަށް ފެންނަކަމަށް ވޯޓުގައި ބައިވެރިވި 83 މެމްބަރުން ވެސް ވަނީ ވޯޓު ދެއްވާފަ އެވެ. މިދިޔަ ދައުރުގައި، ޖޭއެސްސީގައި މަޖިލިސް ތަމްސީލު ކުރެއްވީ ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު ހިސާން ހުސެއިން އެވެ. ޖޭއެސްސީއަށް ރިޒާ އައްޔަނު ކުރަން ފާސްވި އިރު، މަޖިލިސްގެ ރައީސްގެ ހައިސިއްޔަތުން ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވެސް ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ