
މަޖިލީހުގެ ޖަލްސާތައް ފަށާނީ އަންނަ ބުރާސްފަތި ދުވަހު
މަޖިލީހުގެ ޖަލްސާތައް ފަށާނީ އަންނަ ބުރާސްފަތި ދުވަހު
ލިޔުން:
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް އަންނަ ބުރާސްފަތި ދުވަހު ފަށާނެކަމަށް އެ އިދާރާ އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކަށްފަހު މަޖިލިސް ޗުއްޓީއަށް ދިޔައީ އެޕްރީލް މަހުގެ 27 ވަނަ ދުވަހު އެވެ.
މަޖްލިސް ޗުއްޓީއަށް ދިޔައީ ކޮތަޅުގެ މައްސަލަ ބޮޑުވެފައިވަނިކޮށް ކުނި މެނޭޖް ކުރުމުގެ ބިލުގެ އިސްލާހު ނުނިމި އޮއްވައެވެ.
މިހާރު މަޖިލިސް މިއަހަރުގެ ދެވަނަ ދައުރަކަށް ހުޅުވެން ތައްޔާރުވެފައިވާ އިރު، ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.
މަޖިލީހުގެ ފުރަތަމަ ދައުރުގައި އަލަށް 11 ބިލެއް ހުށަހެޅި ކުރީ ދައުރުން 20 ބިލެއް ޕެންޑިންގައި އޮތްއިރު އޭގެ ތެރެއިން ނިންމާފައިވަނީ އެންމެ ދެ ބިލުގެ މަސައްކަތެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
