މާލެ: 31°C
މަޖިލިސް ތެރޭގެ މާރާމާރީގައި މެމްބަރު ޝަހީމަށް އަނިޔާވެ ހޮސްޕިޓަލަށް

މަޖިލިސް ތެރޭގެ މާރާމާރީގައި މެމްބަރު ޝަހީމަށް އަނިޔާވެ ހޮސްޕިޓަލަށް

January 28, 2024
3 ފަހަރު ބަލާފައި
މަޖިލިސް ތެރޭގެ މާރާމާރީގައި މެމްބަރު ޝަހީމަށް އަނިޔާވެ ހޮސްޕިޓަލަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގައި މިހާރު ޕީއެންސީއަ ނިސްބަތްވެވަޑައިގަންނަވާ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމަށް އަނިޔާވެއްޖެ އެވެ.

މަޖިލީހުގައި ހިނގި މާރާމާރީ ފެންނަ ވީޑިއޯއެއްގައި ފެންނަގޮތުގައި މެމްބަރު ޝަހީމަށް އަނިޔާވީ މަޖިލިސް ޗެމްބަރުގައި ރިޔާސަތު މޭޒުގެ ވަށާލައިގެން މެމްބަރުން ތިއްބަވަނިކޮށް ޝަހީމް އެތަނަށް ވަދެވަޑައިގަންނަވަން އުޅުމުގެ ތެރޭގައި ހިނގާދިޔަ ހަމަނުޖެހުމުގައެވެ.
ވީޑިއޯއެއްގައި ފެންނަނީ މަޖިލިސް ރައީސްގެ މޭޒުކޮޅު ކައިރިން ޝަހީމް އާއި އެމްޑީޕީގެ ކެނދިކުޅުދޫ މެންބަރު އަހްމަދު އީސާ ވެއްޓޭ ތަން ފެނެ އެވެ. އެ ވަގުތު ޝަހީމަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއްވެ ކަންފަތުގައި އަތްއަޅުއްވާ ތަން ފެނެ އެވެ. އެކަމަކު ތެދުވެ އަލުން ރިޔާސަތު މޭޒު ކައިރިއަށް ޝަހީމަށް ވަޑައިގަންނަވަން އުޅުއްވާ މަންޒަރުވެސް ވީޑިއޯގައި ފެނެ އެވެ.
ޝަހީމްގެ ގައިގައި އީސަ ޖެއްސަވާ އަނިޔާކުރެެއްވި ކަމަށް ބައެއް މީހުން ބުނަމުންދެއެވެ.
[caption id="attachment_96677" align="aligncenter" width="578"] މިއަދު މަޖިލީހުގައި މާރާމާރީ ހިންގާ ވީޑިއޯއެއްގެ ސްކްރީން ޝޯޓެެއް[/caption]
މެމްބަރު ޝަހީމަށް އަނިޔާވެގެން އޭނާ މިހާރު ވަނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިނގާފައި މިވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ މިއަދު ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުންނެވެ.
މިއަދު 1:30 ގައި ފަށަން އުޅުނު ޖަލްސާ، ހަމަނުޖެހުންތަކާ ހެދި އަދިވެސް ނުފެށެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ