މާލެ: 31°C

މަޖިލިސް ކުރިޔަށް ނުގެންދެވިގެން މިއަދު ވެސް ޖަލްސާ މެދު ކަނޑައިލަފި

މަޖިލިސް ކުރިޔަށް ނުގެންދެވިގެން މިއަދު ވެސް ޖަލްސާ މެދު ކަނޑައިލަފި
June 14, 2023
2 ފަހަރު ބަލާފައި
މަޖިލިސް ކުރިޔަށް ނުގެންދެވިގެން މިއަދު ވެސް ޖަލްސާ މެދު ކަނޑައިލަފި
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހޫނުވެ ކުރިޔަށް ނުގެންދެވިގެން މިއަދު ވެސް ޖަލްސާ މެދު ކަނޑައިލަފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާއެކު އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް ނިޒާމީ ނުކުތާތަށް ނަންގަވަން ފަށާފައެވެ. އެ މައްސަލާގައި މަޖިލީސް ހޫނުވެފައި ވުމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ނިޒާމީ ނުކުތާ ނަންގަވައި ވަނީ ވަކި ފަރާތަކަށް ނުޖެހި މަޖިލިސް ކުރިޔަށް ގެންދެވޭނެ ގޮތެއް ހައްދަވައި ދެއްވުމަށް ރިޔާސަތުގައި އެދި ލައްވާފައެވެ. މީގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވަނީ ނިޒާމީ ނުކުތާ ނަންގަވައި މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ހެދުމަށްޓަކައި ސިޔާސީ ޕާޓީތަކާއި ޕާޓީ އަކަށް ނިސްބަތްނުވާ މެންބަރުންގެ މެދުގައި މަޝްވަރާ ކުރުމަށް ހުށަހަޅާފައެވެ. އާމިރު ވިދާޅުވީ، މި މައްސަލާގައި މަޝްވަރާ ކޮށްގެން ގޮތެއް ނިންމައިގެން މަޖިލިސް ކުރިޔަށް ގެންދިއުން ރަނގަޅު ކަމަށް ފެންނިވަޑައިގަންނަވާ ކަމަށެވެ. އެގޮތަށް ހުށަހަޅާފައި ވުމުން ރިޔާސަތުން ވަނީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށްޓަކައި މަޖިލީސް މެދުކަންޑާލާފައެވެ. " އަޅުގަނޑު ތި ނުކުތާ ބަލައިގަންނަށް އަޅުގަނޑު މިހާރު ފުރުސަތު މި އަރުވަނީ މިތާ ތިއްބެވި ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނަށް މަޝްވަރާ ކުރެވޭނެ ޖާގަ ހަމަޖައްސައި ދެއްވާފަ މިއަދު ގެ ޖަލްސާ ކުރިޔަށް ގެންދެވޭނެ ގޮތެއް އެ މަޝްވަރާގެ ތެރެއިން ނިންމަވާލަ ދެއްވާ އޭގެފަހުން އަޅުގަނޑު ޖަލްސާ ކުރިއަށް ގެންދާނަން" ރިޔާސަތު ގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާ ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ