މާލެ: 31°C
މަޖިލީސް އިންތިހާބުގެ ވޯޓާސް ލިސްޓް ގައި ކެންޑިޑޭޓުން ސޮއިކުރުން، އަންނަ ހޮނިހިރު ދުވަހު

މަޖިލީސް އިންތިހާބުގެ ވޯޓާސް ލިސްޓް ގައި ކެންޑިޑޭޓުން ސޮއިކުރުން، އަންނަ ހޮނިހިރު ދުވަހު

March 27, 2024
3 ފަހަރު ބަލާފައި
މަޖިލީސް އިންތިހާބުގެ ވޯޓާސް ލިސްޓް ގައި ކެންޑިޑޭޓުން ސޮއިކުރުން، އަންނަ ހޮނިހިރު ދުވަހު
އެޕްރީލް 21 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުސަތު އަންނަ ހޮނިހިރު (30 މާޗް 2024) ގައި ހުޅުވާލާގޮތަށް އިލެކްޝަންސަ ކޮމިޝަނުން ނިންމައިފިއެވެ. އީސީއިން ބުނީ ކެނޑިޑޭޓުން ސޮއިކުރުން އޮންނާނީ 30 މާޗް އިން ފެށިގެން މާޗް 31 ވާ އާދީއްތަ ދުވަހު ރޭގަނޑު 12:00 ނިޔަލަށް ކަމަށެވެ. ކެންޑިޑޭޓުން ސޮއި ކުރުމަށް ހަމަޖެހިފައިވަނީ އިލެކްޝަން ކޮމިޝަނުގެ އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގެ) ގައެވެ. ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ދާނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ދާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންދަންޖެހެއެވެ. ރަޖިސްޓަރީގައި ސޮއިކުރަން ވަޑައިގަންނަވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންދަން ޖެހެއެވެ. ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުން ކުރިޔަށްދާނީ، ހޮނިހިރު އަދި އާދީއްތަ ދުވަހު ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަދި ރޭގަނޑު 09:00 އިން 12:00 ގެ ނިޔަލަށް ކަމަށް އީސީއިން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ