
މަޖިލިސް އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުނާ ހަވާލުކޮށްފި
މަޖިލިސް އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުނާ ހަވާލުކޮށްފި
ލިޔުން:
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލެކްޝަންސް ކޮމިޝަނާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަކީ ވެސް މުޅިން އާ އިންތިހާބެއް ކަމުގައި ދެކި، އިންތިހާބުގައި ދިމާވެދާނެ އެންމެހައި ކަންތައްތަކަށް ފުލުހުންގެ ހިދުމަތުން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެގޮތުން އިންތިހާބަށް ހާއްސަ ކޮމާންޑަރުން ކަނޑައަޅައި، އެހެނިހެން މަސައްކަތްތައް އިތުރަށް ތަންފީޒު ކުރުމަށްޓަކައި ކޮމިޓީއެއް އެކުލަވާލައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މިއަދު ސޮއިކުރެވުނު ފަހުމުނާމާއަކީ އީސީން އިންތިހާބާ ގުޅިގެން ކުރަން ހުރި މަސައްކަތްތައް ކުރުމަށް މަގުފަހިކޮށްދިނުމަށް ސޮއިކުރެވުނު ފަހުމުނާމާއެކެވެ. އަދި ސަލާމަތީ ކަންކަމާއި އިންތިހާބާ ގުޅުން ހުރި ކަމެއްގެ ގޮތުގައި މި ފަހުމުނާމާގައި ބަޔާންކޮށްފައިވާ އެނޫން ވެސް ކަންކަމުގައި އީސީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެނަމަ، އެ އެހީތެރިކަން ފޯރުކޮށްދިނުމައި ދެފަރާތުން އަމަލު ކުރާނެ ގޮތްތައް މި ފަހުމުނާމާގައި ބަޔާންކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިތުުރުން، ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން، މޯލްޑިވްސް ޕޯސްޓް، ލޯކަލް ގަވަމެންޓް އޮތޯރިޓީ އަދި ސިވިލް ސާވިސް ކޮމިޝަނާއެކުގައި ވެސް އިލެކްޝަން ކޮމިޝަނުން ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.
މިފަހަރުގެ އިންތިހާބުގައި 284،327 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
