މާލެ: 31°C
މަޖިލިސް އިންތިހާބުގެ ނަތީޖާ ބައެއް ފަރާތްތަކަށް އަދިވެސް ބަލައެއް ނުގަނެވޭ: އަދުރޭ

މަޖިލިސް އިންތިހާބުގެ ނަތީޖާ ބައެއް ފަރާތްތަކަށް އަދިވެސް ބަލައެއް ނުގަނެވޭ: އަދުރޭ

May 11, 2024
3 ފަހަރު ބަލާފައި
މަޖިލިސް އިންތިހާބުގެ ނަތީޖާ ބައެއް ފަރާތްތަކަށް އަދިވެސް ބަލައެއް ނުގަނެވޭ: އަދުރޭ
ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީން ހޯދި ނަތީޖާ އަދިވެސް ބައެއް ފަރާތްތަކަށް ބަލައި ނުގަނެވޭކަމަށް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ޚާއްސަ މުޝީރުކަމާއި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހައްދުންމަތި ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހީންގެ ކުރިމަތީގައި އެ މަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ޙަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރަމުން ދަނިކޮށް އެ މަނިކުފާނަށް ފުރިހަމަ ތާއީދާ އިތުބާރު އެބަ އޮތްކަން ނިމިދިޔަ މަޖިލިސް އިންތިހާބުން ފެނިގެން ގޮސްފައިވާކަމަށެވެ. އަދުރޭ ވިދާޅުވީ އިންތިޚާބުގައި ދިވެހީންނުކުމެ ސާބިތުކޮށްދެއްވީމާ އެކަން ބަލައި ނުގަނެވިގެން އެ މަނިކުފާނުގެ ޓީމު ރޫޅާލުމަށް އިދިކޮޅު ބައެއް ފަރާތްތަކުން ފަތުރަމުންދާ އަސޭސެއްނެތް ދޮގު ހަބަރުތަކުން، އެ ފަރާތްތައް ފަޟީޙަތްވުންނޫން އިތުރުކަމެއް ޙާޞިލެއްނުވާނޭ ކަމަށެވެ. https://twitter.com/Banafsaa/status/1789132279706681445 ދުބާއީގައި ނިމިގެންދިޔަ ވަރލްޑް ޓްރެވަލް މާކެޓް އެވޯޑަށްފަހު އަދުރޭ އާއި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރި އޭނާގެ ދަރިފުޅު ފައިސަލްއަށް އިދިކޮޅު ބައެއް ފަރާތްތަކުން އަމާޒުކުރަމުންދާ ފާޑުކިއުންތަކަށް އަދުރޭ ރައްދުދީފައިވާއިރު، މިނިސްޓަރު ފައިސަލްވެސް އިއްޔެ ވަނީ އެފަރާތްތަކަށް އަމާޒުކޮށް އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. މިގޮތުން މިނިސްޓަރު ފައިސަލް ވިދާޅުވީ އެންމެ މޮޅު މީހާއަކީ އަނެކުންނަށް އިހުތިރާމް ކުރާ މީހާ ކަމަށާއި ކިތަންމެ ވަރަކަށް ފުރައްސާރަ ކުރި ނަމަވެސް ފަހަތަށް ނުޖެހޭނޭ ކަމަށެވެ. ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމް ޓިކެޓުގައި ވާދަކުރި ކެނޑިޑޭޓުން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އިންތިހާބުގައި މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރި 7 ކެނޑިޑޭޓަކު ވަނީ ސަރުކާރާ ގުޅިފައެވެ. އެހެންކަމުން ކުރިއަށްއޮތް ރައްޔިތުން މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ 73 މެމްބަރުން ތިބޭނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ