މާލެ: 31°C
މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް ހުޅުވާލައިފި

މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް ހުޅުވާލައިފި

February 18, 2024
3 ފަހަރު ބަލާފައި
މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް ހުޅުވާލައިފި
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް "އެކްސް" ގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަންދޫބުންނަށް ވުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުގެ 15:00 އާ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ. މަންދޫބުންގެ ޝަރުތުތައް:
  • 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
  • ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒުކުރެވެމުންދާ މީހެއް ކަމުގައި ނުވުން.
  • އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުން.
  • ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް/ވެރިއެއް ކަމުގައިނުވުން.
  • ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައިނުވުން.
  • ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައިނުވުން.
  • ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައިނުވުން، ނުވަތަ އިންތިހާބީ ކުށެއް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.
ހަބީބު ވިދާޅުވީ މަންދޫބުންނަށް އީސީން ދޫކުރާނީ ޑިޖިޓަލް ފާހެއް ކަމަށާއި މަންދޫބަކަށްވާ ފަރާތްތަކުން މައުލޫމާތު ސެޝަން ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ. މަންދޫބުންގެ ފޯމު ބަލައިގަންނާނީ އީ-މެއިލް މެދުވެރިކޮށް ނުވަތަ އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގެ ރިސެޕްޝަނުންނެވެ. އެގޮތުން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 ން މެންދުރުފަހު 03:00، ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 ން މެންދުރުފަހު 03:00 އަށާއި އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 ން ހަވީރު 05:00 އަށް ފޯމް ހުށަހެޅޭނެއެވެ. މަންދޫބުންގެ ފޯމު މެއިލްކުރާނީ އީސީގެ omc@elections.gov.mv މެއިލަށް ކަމަށާއި އެޕްލިކޭޝަން ފޯމް އީސީގެ ވެބްސައިޓް elections.gov.mv އިން ލިބިވަޑައިގަންނަވާނެ ކަމަށް ހަބީބް ވިދާޅުވެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ