
މަޖިލިސް އިންތިހާބުގައި ބަހައްޓަނީ 602 ވޯޓުފޮށި
މަޖިލިސް އިންތިހާބުގައި ބަހައްޓަނީ 602 ވޯޓުފޮށި
ލިޔުން:
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމުލަ 602 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އީސީން މިއަދު ބުނެފައިވަނީ ޖުމުލަ 602 ވޯޓު ފޮށި މަޖިލިސް އިންތިހާބަށް ބަހައްޓާއިރު އަތޮޅުތެރޭގައި 319 ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ.
އެއް ރަށެއްގައި އެންމެ ގިނަ ވޯޓު ފޮށި މި އިންތިހާބުގައި ބަހައްޓަނީ މާލޭގައެވެ. އެގޮތުން މާލޭގައި 181 ވޯޓު ފޮށި ބަހައްޓާއިރު ހުޅުމާލޭގައި 51 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވިލިމާލޭގައި 9 ވޯޓު ފޮށި ބަހައްޓާނެއެވެ.
https://twitter.com/ElectionsMv/status/1769619379023761887
އީސީން ބުނީ ރިސޯޓްތަކުގައި 34 ވޯޓު ފޮށި ބަހައްޓާއިރު ޖަލު ތަކުގައި 5 ވޯޓު ފޮށްޓާއި ރާއްޖެއިން ބޭރުގައި 3 ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. މި އިންތިހާބުގައި ސިނާއީ އެއްވެސް ރަށެއްގައި ވޯޓު ފޮށި ނުބަހައްޓާގޮތަށް އީސީން ވަނީ ހަމަޖައްސާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 21 ވަނަ ދުވަހުއެވެ. 20 ވަނަ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
