
މަޖިލިސް އިންތިހާބުގައި 700 ވަރަކަށް ވޯޓްފޮށި ބަހައްޓާނެ: އީސީ
މަޖިލިސް އިންތިހާބުގައި 700 ވަރަކަށް ވޯޓްފޮށި ބަހައްޓާނެ: އީސީ
ލިޔުން:
އަންނަ ރޯދަމަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 700 ވަރަކަށް ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ބުނެފިއެވެ.
އީސީން ބުނި ގޮތުގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ބެހެއްޓި ވޯޓްފޮށިތަކަށް ވުރެ އިތުރަށް މަޖިލިސް އިންތިހާބުގައި ވޯޓްފޮށި ބަހައްޓަން ނިންމާފައިވަނީ މަޖިލީހުގެ އިންތިހާބަކީ ރާއްޖޭގައި އަލަށް ރޯދަ މަހެއްގައި ބާއްވަންޖެހޭ އިންތިހާބަށް ވުމާއެކު ކިޔޫ ދިގުނުވެ ވޯޓުލުން އަވަސް ކުރުމަށްޓަކައި ކަމަށެވެ.
ވޯޓްފޮށިތަކުގެ އަދަދު ގިނަކޮށް، ކޮންމެ ފޮއްޓަކަށް ވޯޓްލާ މީހުންގެ އަދަދު މަދުކުރުމުން އިންތިހާބުގެ ކަންކަން އަވަސްވެގެން ދާނެ ކަމަށް އީސީން ބުނެފައިވެއެވެ. އެގޮތުން ކޮންމެ ފޮއްޓަކަށް 500-600 އާ ދެމެދުގެ މީހުން ރަޖިސްޓްރީކުރަން ނިންމާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
އީސީން ބުނީ މަޖިލިސް އިންތިހާބުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ދިވެހި އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓު އޮފީހެއް ހުންނަ، އަދި މަދުވެގެން 150 މީހުން ރެޖިސްޓްރީކުރާ ގައުމުތަކުގައި ކަމަށެވެ.
މީގެ އިތުރުން، މަދުވެގެން 30 މީހުން ރެޖިސްޓްރީކުރާ ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ހަދަމުން އަންނަ ރަށްތަކުގައި ވެސް ވޯޓު ފޮށި ބަހައްޓާނެ ކަމަށް އީސީން ބުނެފައިވެއެވެ.
މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބެވިއިރު، އާ މަޖިލީހުގައި 93 މެމްބަރުން ތިއްބަވާނެއެވެ.
މި އަހަރުގެ ރޯދަ މަސް މާޗު 11 ގައި ފެށޭއިރު، މަޖިލީހުގެ 20 ވަނަ ދައުރަކަށް މެންބަރުން އިންތިހާބު ކުރަން ބާއްވާ އިންތިހާބު އޮންނާނީ މާޗް މަހުގެ 17 ވަނަ ދުވަހުގައެވެ. އެއީ ރޯދަ މަހުގެ ފުރަތަމަ ދިހައިގެ ތެރެއެވެ.
އީސީން ވަނީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަަތު މި މަހުގެ 30 ހަމައަށް ހުޅުވާލައިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
