
މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް 381 ފަރާތަކުން ފޯމް ހުށަހަޅައިފި
މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް 381 ފަރާތަކުން ފޯމް ހުށަހަޅައިފި
ލިޔުން:
ކުރިއަށްއޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑި މިއަދަށް ހަމަވިއިރު، ޖުމްލަ 381 ފަރާތަކުން ފޯމު ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް ހުޅުވާލި މުއްދަތުގެ ތެރޭގައި ޖުމްލަ 381 ހުށަހެޅުން ލިބިފައިވާކަމަށާއި، މިއަދު އެކަނިވެސް 86 ފޯމް ލިބިފައިވާކަމަށެވެ.
ހަބީބު ވިދާޅުވީ، އިއްޔެއާ ހަމަޔަށް ލިބުނު ހުށަހެޅުން ތަކަށް މިރޭގެ ނިޔަލަށް ޖަވާބު ދޭނޭކަމަށެވެ. އަދި މިއަދުގެ ހުށަހެޅުންތަކަށް، މާދަމާ ރޭގެ ނިޔަލަށް ޖަވާބު ދިނުމުގެ މަސައްކަތް ކުރެވެމުން ދާކަމަށް ހަބީބު ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލީ ފަރާތްތަކުގެ، ނަންތައް ތަރުތީބު ކުރުމަށްޓަކައި، ކެންޑިޑޭޓުންގެ މެދުގައި، ގުރުޢަތު ނެގުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރުދުވަހެވެ.
https://twitter.com/IsmailHabeeb/status/1757758160897790254
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް މެމްބަރުން ހޮވުމަށް ހަމަޖެހިފައިވާއިރު، މިފަހަރުގެ މަޖިލީސް އިންތިހާބަށް އެންމެ ގިނަ ކެނޑިޑޭޓުން ނެރެނީ ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނާއި އެންމެބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީންނެވެ.
މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އީސީން ނިންމަވާފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް އިންތިހާބު ފަސްކުރުމަށް އެދި މަޖިލީހަށް ލާފައިވާ މައްސަލައިގައި، ރޯދަމަހުގެ ފަހަށް އިންތިހާބު ބާއްވާ ތާރީހް ފަސްކުރުމަށް ކޮމިޓީ މަރުހަލާގައި ވަނީ ފާސްކޮށްއެވެ. މި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފިނަމަ އިންތިހާބު ބާއްވާ ތާރީހު ބަދަލުވާނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
