މާލެ: 31°C
މަޖިލިސް އިންތިހާބު ފަސްކުރާ ބިލް ތަސްދީގުނުކުރަން ނިންމަވައިފި

މަޖިލިސް އިންތިހާބު ފަސްކުރާ ބިލް ތަސްދީގުނުކުރަން ނިންމަވައިފި

February 26, 2024
4 ފަހަރު ބަލާފައި
މަޖިލިސް އިންތިހާބު ފަސްކުރާ ބިލް ތަސްދީގުނުކުރަން ނިންމަވައިފި
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަން ޖެހޭގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައި ބިލް ތަސްދީގު ނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލައިފިއެވެ. މި ބިލަކީ، 11 ފެބްރުއަރީ 2024 ވީ އާދީއްތަދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާއިން ފާސްކުރައްވައި، 12 ފެބްރުއަރީ 2024 ގައި ތަޞްދީޤުކުރުމަށް ފޮނުއްވާފައިވާ ބިލެކެވެ. ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން، މި ބިލު، މިއަދު އަނބުރައި ފޮނުއްވައިލެއްވީ، މި ބިލުގައި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ތަޢާރުޟުވާ ކަންކަން ހިމެނިފައިވާތީއެވެ. މި ބިލުގައި ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިޚާބުތައް ބޭއްވުމާއި އަދި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖްރާއާތުތައް ކަނޑައަޅާފައިވާކަން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވައި، އެކަންކަން އިޞްލާޙުކުރެއްވުމަށްޓަކައި ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ދައުލަތުގެ ބަންޑާރަނައިބު ވަނީ ލަފާދެއްވާފައެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކްޕާޓީ، އެމްޑީޕީގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝިފާއުއެވެ. ޤާނޫނަށް ހުށަހެޅި މި އިސްލާހު ފާސްވެފައިވަނީ 46 މެންބަރުންގެ ވޯޓުންނެވެ. މި ބިލަށް ގެނައި އިސްލާހުގައިވާގޮތުން މާޗު 17ގައި ބޭއްވުމަށް ނިންމަވާފައިވާ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ ރަމަޟާން މަސް ނިމި، 10 ދުވަސް ފަހުންނެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ