
މަޖިލިސް އިންތިހާބު ފަސްކުރާ ބިލް ރައީސް ތަސްދީގުކުރައްވައިފި
މަޖިލިސް އިންތިހާބު ފަސްކުރާ ބިލް ރައީސް ތަސްދީގުކުރައްވައިފި
ލިޔުން:
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަން ޖެހޭގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައި ބިލް ރައީސުލްޖުމްހޫރިއްޔާ އެންމެފަހުން ތަސްދީގުކުރައްވައިފިއެވެ.
މި ބިލް ރައީސް ތަސްދީގުކުރައްވާފައިމިވަނީ، ފުރަތަމަ ފަހަރަށް ބިލް އަނބުރާ ފޮނުވާލުމުން، ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް އެ ބިލް އިހު ފާސްކޮށްފައި ވަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް މި ބިލް ފާސްކުރީ މިމަހގެ 26 ވަނަ ދުވަހުއެވެ. މީގެ ކުރިން މި ބިލް ތަސްދީގުނުކޮށް ފޮނުވާލެއްވި ސަބަބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ބިލް އޮތްގޮތުން ގާނޫނު އަސާސީއާ ފުށުއެރުމެވެ.
ގާނޫނުއަސާސީގައިވާ ގޮތުން މަޖިލީހުން ފާސްކޮށްފައި ފޮނުވާ ބިލެއް ތަސްދީގު ކުރައްވަން ރައީސަށް އޮންނަނީ 15 ދުވަހެވެ. އެ ބިލަކަށް ބަދަލެއް ގެންނަން ފެންނަ ނަމަ ރައީސަށް އެ މުއްދަތު ތެރޭގައި އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވިދާނެއެވެ. އެ 15 ދުވަހުގެ ތެރޭގައި ބިލު އަނބުރާ ނުފޮނުވައިފި ނަމަ ތަސްދީގުވީ ކަމަށް ބަލައި ގެޒެޓުގައި ޝާއިއުކުރަންޖެހޭނެއެވެ.
ތަސްދީގު ނުކުރައްވަން ނިންމަވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް ދެވަނަ ފަހަރަށް ފާސްކުރުމުގެ ފުރުސަތު ވެސް މަޖިލީހަށް އޮވެއެވެ. އެގޮތަށް ދެވަނަ ފަހަރަށް ބިލު ފާސްކޮށްފި ނަމަ ރައީސް އެ ބިލު ތަސްދީގުކުރައްވަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައިވެއެވެ.
މި ބިލް ތަސްދީގު ކުރުމާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނީ ބިލް ރައީސުލްޖުމްހޫރިއްޔާ މި ބިލް ތަސްދީގުކުރެއްވީ ބަންޑާރަ ނާއިބުގެ ލަފާފުޅާއެކުގައި ކަމަށެވެ.
މި އިންތިޚާބު ބޭއްވުމަކީ ބޭނުންފުޅުވެވަޑައިގަންނަވާކަމެއް ނޫންކަމަށާ، އިންތިޚާބު ރޯދައިގެކުރީން ބޭއްވުމަށް މީގެކުރީންވެސް އެދިވަޑައިގެންފައިވާނެކަމުގައި ވިދާޅުވިއެވެ.
މި ބިލް ރައީސް ތަސްދީގުކުރުމާ ގުޅިގެން އަންނަމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް އޮތް މަޖިލިސް އިންތިހާބު ދެން ނުބޭއްވޭނެއެވެ. އަލަށް ގެނައި އިސްލާހުގައިވާގޮތުން ދެން މަޖިލިސް އިންތިހާބު ބޭއްވޭނީ ރަމަޟާންމަސް ނިމުމަށްފަހު، ދިހަ ދުވަހުގެވެސް ފަހުންނެވެ.
ރައީސް މި ބިލް ތަސްދީގުކުރެއްވުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބާ ބެހޭ ހާއްސަ ޖަލްސާއެއް މިހާރު ހިނގަމުންދާކަމަށް އެ ކޮމިޝަނުގެ ނައިބުރައީސް އިސްމާއީލް ހަބީބު ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން އިލެކްޝަނުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީގު ކުރެއްވުމުން އެގޮތަކަށް އިލެކްޝަނުން އަމަލުކުރާނޭ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
