
މަޖިލިސް އިންތިހާބު އޭޕްރިލް 21 ގައި ބޭއްވުމަށް ތާވަލްކޮށްފި
މަޖިލިސް އިންތިހާބު އޭޕްރިލް 21 ގައި ބޭއްވުމަށް ތާވަލްކޮށްފި
ލިޔުން:
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު، އޭޕްރިލްމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ފާސްކޮށްފިއެވެ.
މަޖިލިސް އިންތިހާބު ބާއްވާނޭ ދުވަހެއް އިލެކްޝަނުން ކަނޑައަޅާފައިމިވަނީ، އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރެއްވުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ބައްދަލުވުމުގައެވެ.
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޭޕްރިލްމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ތާވަލްކުރިއިރު، ކުރިން އިންތިހާބު ބޭއްވުމަށް ނިންމާފައިވާ ތާރީހަކީ މާޗްމަހުގެ 17 ވަނަ ދުވަހެވެ.
އިންތިހާބު ފަސްކުރުމުގެ އިސްލާހު އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގުކުރެއްވުމަށް ފޮނުއްވި ނަމަވެސް ރައީސް ވަނީ އެ ބިލް ތަސްދީގުނުކޮށް އަނބުރާ ފޮނުވާލާފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށްވެސް ވަނީ އެ ބިލް ހަމަ އެ އޮތްގޮތަށް ފާސްކޮށް އަލުން ތަސްދީގުކުރެއްވުމަށް ފޮނުއްވާފައެވެ.
ގާނޫނުއަސާސީގައިވާ ގޮތުން މަޖިލީހުން ފާސްކޮށްފައި ފޮނުވާ ބިލެއް ތަސްދީގު ކުރައްވަން ރައީސަށް އޮންނަނީ 15 ދުވަހެވެ. އެ ބިލަކަށް ބަދަލެއް ގެންނަން ފެންނަ ނަމަ ރައީސަށް އެ މުއްދަތު ތެރޭގައި އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވިދާނެއެވެ. އެ 15 ދުވަހުގެ ތެރޭގައި ބިލު އަނބުރާ ނުފޮނުވައިފި ނަމަ ތަސްދީގުވީ ކަމަށް ބަލައި ގެޒެޓުގައި ޝާއިއުކުރަންޖެހޭނެއެވެ.
ތަސްދީގު ނުކުރައްވަން ނިންމަވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް ދެވަނަ ފަހަރަށް ފާސްކުރުމުގެ ފުރުސަތު ވެސް މަޖިލީހަށް އޮވެއެވެ. އެގޮތަށް ދެވަނަ ފަހަރަށް ބިލު ފާސްކޮށްފި ނަމަ ރައީސް އެ ބިލު ތަސްދީގުކުރައްވަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައިވެއެވެ.
މި ބިލް ތަސްދީގު ކުރުމާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނީ ބިލް ރައީސުލްޖުމްހޫރިއްޔާ މި ބިލް ތަސްދީގުކުރެއްވީ ބަންޑާރަ ނާއިބުގެ ލަފާފުޅާއެކުގައި ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
