މާލެ: 31°C
މަޖިލިސް އިންތިހާބަށް ރީ-ރަޖިސްޓްރީވުމަށް އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

މަޖިލިސް އިންތިހާބަށް ރީ-ރަޖިސްޓްރީވުމަށް އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

March 7, 2024
2 ފަހަރު ބަލާފައި
މަޖިލިސް އިންތިހާބަށް ރީ-ރަޖިސްޓްރީވުމަށް އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހް ލަސްވުމާ ގުޅިގެން ރީރަޖިސްޓްރޭޝަނަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ. މަޖިލިސް އިންތިހާބު ބޭއްވުމަށް އީސީ އިން ކުރިން ނިންމާފައި އޮތީ މިމަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް މިހާރު ވަނީ ކުރިއަށް އޮތް އޭޕްރީލް 21 ވަނަ ދުވަހަށް އިންތިހާބު ފަސްކޮށްފައެވެ. އެގޮތުން، ރީރަޖިސްޓްރޭޝަނަށް އަލުން ހުޅުވައިލަން ކުރިން ނިންމީ މި މަހުގެ 14 އިން ފެށިގެން 17 އަށެވެ. ނަމަވެސް އީސީން މިހާރު ވަނީ ރީރަޖިސްޓްރޭޝަން މި މަހުގެ 10 އަށް އަވަސްކޮށްފައެވެ. އަދި ސުންގަޑި ހަމަވާނީ މި މަހުގެ 16 އަށެވެ. އޭގެ އިތުރުން، ބޭރު ގައުމުތަކުގައި ރަޖިސްޓްރީކުރަން ވެސް އަލުން ހުޅުވާލާނެ ކަމަށާއި ކުރިން ނިންމާފައިވާ ގޮތަށް 150 އަށް ވުރެ ގިނަ ދިވެހިން ރަޖިސްޓްރީވެއްޖެނަމަ އެ ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށް އީސީން ވަނީ ބުނެފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓޭ އަދަދަށް އަދި މިހާތަނަށް ރީރަޖިސްޓްރީ ކޮށްފައިވަނީ މެލޭޝިއާ އާއި ސްރީލަންކާގައެވެ. އިންތިހާބު ފަސްކުރުމާ ގުޅިގެން ވޯޓްލެވޭ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެހެންކަމުން، އެ ކޮމިޝަނުން މިހާރު ތައްޔާރުކޮށްފައިވާ ވޯޓާސް ލިސްޓުގައި މާޗު 17، ވަނަ ދުވަހާ ހަމައަށް އުމުރުން 18 އަހަރު ފުރޭ މީހުންނާއެކު ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ޖުމުލަ އަދަދަކީ 284،327 އެވެ. އިތުރުވި 560 މީހުނާއެކު ވޯޓު ލުމުގެ ހައްގު މިހާރު 284،887 މީހުނަށް ލިބެއެވެ. އަދި އެ ލިސްޓަށް އަލަށް އިތުރުވި މީހުންނަށް ވަނީ މިއަދު މެންދުރު ފަހު 3:00 އާ ހަމަައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. މަޖިލިސް އިންތިހާބުގައި ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓު ގުނަން ފަށާނީ އެ ދުވަހުގެ ހަވީރު 4:30 ގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ