
މަޖިލިސް އިންތިހާބަށް މިހާތަނަށް ހުށަހެޅީ 183 ފޯމް، މާދަމާ ސުންގަޑި ހަމަވަނީ
މަޖިލިސް އިންތިހާބަށް މިހާތަނަށް ހުށަހެޅީ 183 ފޯމް، މާދަމާ ސުންގަޑި ހަމަވަނީ
ލިޔުން:
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން މިހާތަނަށް ފޯމު ހުށަހަޅާފައިވަނީ 183 މީހުން ކަމަށާއި އިންތިހާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު މާދަމާ ހަމަވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީން ބުނީ އިންތިހާބުގައި ވާދަކުރުމަށް އިއްޔެ އެކަނި 115 މީހަކު ފޯމް ހުށަހަޅާފައިވާ ކަމަށާއި ފޯމް ހުށަހެޅުމަށް ބާކީ 1 ދުވަސް އޮތްއިރު، އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް 183 ފޯމް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.
އެ ކޮމިޝަނުގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވަނީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ފަހުވަގުތަށް މަޑުނުކޮށް ވީހާވެސް އަވަހަށް ފޯމު ހުށަހެޅުމަށަށް އެދިވަޑައިގެންފައެވެ. އެގޮތުން، ފަހު ވަގުތު ފޯމު ހުށަހެޅުމުން ފޯމުގައި ދިމާވާ މައްސަލައެއް ހައްލު ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމަށް އެކަށީގެންވާ ވަގުތު ނުލިބިދާނެ ކަމަށް ވެސް ހަބީބް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ފޯމު ހުށައެޅުމަށް ދީފައިވާ ސުންގަޑިއަކީ މާދަމާގެ މެންދުރު 14:00 ގެ ނިޔަލަށެވެ. އީސީ އަށް ފޯމު ހުށައެޅޭ ވަގުތަކީ ހެނދުނު 09:00 އިން މެންދުރު 14:00 އަށެވެ.
ފޯމު ހުށައެޅުން ކުރިއަށްދަނީ އިންތިހާބާބެހޭ މައި މަރުކަޒު ދަރުބާރުގޭގައެވެ. ފޯމު ހުށައަޅާ މީހުންނަށް ފަސޭހަކުރުމަށް އީސީން ވަނީ މަރުކަޒުގައި ޑެސްކްތައް އިތުރުކޮށް، ފަސޭހަ އިންތިޒާމްތައް ހަމަޖައްސާފައެވެ.
އީސީން ބުނެފައިވާ ގޮތުގައި އިންތިހާބު ބާއްވާ ތާރީހު ފަސްކުރި ނަމަވެސް މެންބަރުން އިންތިހާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު އިތުރެއް ނުކުރާނެއެވެ. އެއީ އިންތިހާބަށް ކުރިމަތިލުމަށް ދިނުމަށް ގާނޫނުގައި ބުނާ މުއްދަތަކީ 14 ދުވަސް ކަމުގައިވާތީއެވެ.
މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އީސީން ނިންމަވާފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް އިންތިހާބު ފަސްކުރުމަށް އެދި މަޖިލީހަށް ލާފައިވާ މައްސަލައިގައި، ރޯދަމަހުގެ ފަހަށް އިންތިހާބު ބާއްވާ ތާރީހް ފަސްކުރުމަށް ކޮމިޓީ މަރުހަލާގައި ވަނީ ފާސްކޮށްއެވެ. މިއިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފިނަމަ އިންތިހާބު ބާއްވާ ތާރީހު ބަދަލުވާނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
