
މަޖިލިސް އިންތިހާބަށް ފޯމު ހުށަހެޅީ އެންމެ 18 ކެންޑިޑޭޓުން، އިތުރު މުއްދަތެއް ނުދޭނަން: އީސީ
މަޖިލިސް އިންތިހާބަށް ފޯމު ހުށަހެޅީ އެންމެ 18 ކެންޑިޑޭޓުން، އިތުރު މުއްދަތެއް ނުދޭނަން: އީސީ
ލިޔުން:
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް މިހާތަނަށް ފޯމް ހުށަހެޅީ އެންމެ 18 ކެންޑިޑޭޓުން ކަމަށާއި އިންތިހާބު ބާއްވާ ތާރީހު ފަސްކުރި ނަމަވެސް، އިންތިހާބަށް ކުރިމަތިލުމަށް މިހާރު ދީފައިވާ މުއްދަތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބަށް ކުރިމަތިލުމަށް އީސީން އާންމުކޮށް އިއުލާން ކުރިތާ 12 ދުވަސްވީއިރު، އިންތިހާބަށް ކުރިމަތިލުމަށް ބާކީ ދެން އޮތީ އެންމެ ހަތަރު ދުވަސް ކަމަށެވެ. އިންތިހާބުގެ ތާރީހަށް ބަދަލެއް އައި ކަމުގައި ވިޔަސް، އިންތިހާބަށް ކުރިމަތިލުމަށް އީސީން ދެން އިތުރު މުއްދަތެއް ނުދޭނެ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.
އިންތިހާބަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ ބުދަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ. ހޮނިހިރު ދުވަހު އަދި ރަސްމީ ދުވަސްތަކުގައި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރު ފަހު 14:00 އަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.
https://twitter.com/IsmailHabeeb/status/1756160041399521611
މިހާތަނަށް އައިއިރު އިންތިހާބުގައި ވާދަކުރުމަށް 18 އެޕްލިކޭޝަން ފޯމް އީސީއަށް ލިބިފައިވާއިރު، އެންމެ ފަހުން އީސީ އަށް ލިބިފައިވަނީ ޕީއެންސީގެ ކެންޑިޑޭޓެއްގެ ފޯމާއި އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓެއްގެ ފޯމެވެ. އަދި މި ތިން ހުށަހެޅުން ވެސް އީސީން ގަބޫލުލުކޮށްފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.
ހަބީބް އިތުރަށް ވިދާޅުވީ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން ތާއީދުކުރާ މަދުވެގެން 50 މީހުންގެ ސޮޔާއެކު، އެ ފަރާތްތަކުގެ އައިޑެންޓިޓީ ކާޑްގެ ދެ ފުށުގެ ސާފު ކޮޕީއެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.އަދި ދަރަނީގެ ރެކޯޑް އޮތްނަމަ، އެ ދަރަނި އަދާކުރަމުން ދާކަމުގެ ހެކި ހުށަހަޅަންޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އެކައުންޓް ހުޅުވުމުގައި، ދިމާވި ދަތިތައް ހައްލުކުރުމަށް އެމްއެމްއޭ އިން ވަނީ ބޭންކުތަކުގައި ދަންނަވާފައި. އެންމެ ފަހު ވަގުތުގައި ފޯމު ލައްވަން މަޑުކުރައްވައިފިނަމަ، ފަހަރެއްގައި ފޯމުގެ މައްސަލައެއް ދިމާވެގެން ފޯމު އިސްލާހް ކުރަން ޖެހިއްޖެ ހިނދެއްގައި، ފޯމު އިސްލާހްކުރުމުގެ ފުރުސަތު ލިބިވަޑައިނުގެންފާނެ." ހަބީބު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބާއްވަން ނިންމާައެވެ. ނަމަވެސް އިންތިހާބު ފަސްކުރުމަށް އެދި މަޖިލީހަށް ލާފައިވާ މައްސަލައިގައި، ރޯދަމަހުގެ ފަހަށް އިންތިހާބު ބާއްވާ ތާރީހް ފަސްކުރުމަށް ކޮމިޓީ މަރުހަލާގައި ވަނީ ފާސްކޮށްއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
