މާލެ: 31°C

މަޖިލީހުގެ ބައެއް މެމްބަރުން ޤާނޫނީ ދާއިރާއިން ކިޔަވަން ފަށައިފި

February 18, 2025
109 ފަހަރު ބަލާފައި
މަޖިލީހުގެ ބައެއް މެމްބަރުން ޤާނޫނީ ދާއިރާއިން ކިޔަވަން ފަށައިފި
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަތީ ތައުލީމަށް ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް އިއްޔެ ފަށައިފި އެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަތީ ތައުލީމަށް ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް އިއްޔެ ފަށައިފި އެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އައިޔޫއެމްއާ މަޖިލީހާ ގުޅިގެން އިއްޔެ ފަށާފައިވަނީ އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީއާ އެންޑް ލޯގެ ކޯހެއް ކަމަށެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ކޯހުގައި ބައިވެރިވާ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ އިސްވެރިންނާއި ޔުނިވާސިޓީގެ އިސްވެރިން އަދި ކޯހުގައި ކިޔަވައިދެއްވާ ލެކްޗަރަރުންނާއެކު އިއްޔެ އައިޔޫއެމްގެ އިދާރާގައި ހާއްސަ ބައްދަލުވުމެއް ބާއްވާފައިވެ އެވެ.

އެބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ. އައިޔޫއެމް ގައި ބޭއްވުނު ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ އެފަދަ ކޯހެއް މެންބަރުންނަށް ހިންގަވައިދެއްވުމަށް އެދިވަޑައިގެންނެވި މައިގަނޑު ބޭނުމަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ މަތީ ތައުލީމު ހާސިލުކޮށްފައިވާ އިލްމީގޮތުން ގާބިލު މެންބަރުންތަކެއް ތިބި އަދި އިލްމީ މަސައްކަތްތަކެއް ކުރާ ނަމޫނާ މަޖިލީހެއްގެ ގޮތުގައި ހެއްދެވުމަށް ބޭނުންވާތީ ކަމަށެވެ.

އަދި އެކަމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ވަރަށް ބޮޑަށް އެދިވަޑައިގެންނެވި ކަމެއްކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވި އެވެ. އެހެންކަމުން މެންބަރުންގެ ތަޢުލީމާއި ގުޅޭ މިފަދަ ފުރުސަތެއް ފެށުމުގައި ރައީސް ދެއްވި ލަފާފުޅާއި، ބެހެއްޓެވި ޝައުގުވެރިކަމަށްޓަކައި ރައީސް ޝުކުރުއަދާކުރެއްވި އެވެ.

އިއްޔެގެ ބައްދަލުވުމަކީ ކޯހުގައި ކިޔެވުމަށް އެންރޯލް ކުރެއްވި މަޖިލީހުގެ މެންބަރުންނަށް ކޯހާ ބެހޭ ގޮތުން އަދި ކިޔެވުމުގެ ކަންކަން ކުރިއަށްދާ ގޮތާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީއާ އެންޑް ލޯ ގެ 1 އަހަރުދުވަހުގެ ކޯހުގައި ޖުމުލަ 8 މެންބަރަކު ބައިވެރިވެވަޑައިގަންނަވަ އެވެ.

އެ ބައްދަލުވުމުގައި އެމްއެންޔޫ ވަގުތީ ހިންގުމާ ހަވާލުވެހުންނެވި ޑެޕިއުޓީ ވައިސް ޗާންސެލާ އަހުމަދު އަމީން ވިދާޅުވީ ކޯހުގެ ކިޔެވުން ކުރިއަށް ގެންދާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި ރާއްޖޭގެ ބާ ކައުންސިލުން އެކަށައަޅުއްވާފައިވާ ކޮލިޓީ އެޝުއަރެންސް މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.

އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. އާއިޝަތު ވަހީދާއާއި ރަޖިސްޓްރާ އަހުމަދު ރައޫފް އަބްދުﷲ ވަނީ ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ.

ޝަރީއަތާއި ގާނޫނުގެ ދާއިރާއިން މެންބަރުންނަށް ބެޗްލާ ޑިގްރީ ކޯހެއްވެސް ދާދިއަވަހަށް ފެށުމުގެ އިދާރީ މަސައްކަތްތަކެއް އެމްއެންޔޫއިން ކުރިއަށް ގެންދޭ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ