
މަޖިލިސް ކެމްޕޭނަށް ރައީސް ސޯލިހް ވެސް ބ. އަތޮޅަށް
މަޖިލިސް ކެމްޕޭނަށް ރައީސް ސޯލިހް ވެސް ބ. އަތޮޅަށް
ލިޔުން:
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބ. އަތޮޅަށް ވަޑައިގެންފިއެވެ.
އެމްޑީޕީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ ޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް ސާލިހު މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ބ. އަތޮޅަށް ފުރާވަޑައިގެންފައިވާ ކަން ހާމަކޮށްފައެވެ.
އަދި އެމަނިކުފާނު ބ. އަތޮޅަށް ވަޑައިގަތުމުން ދަރަވަންދޫ ކެމްޕެއިން ޓީމުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
https://twitter.com/MDPSecretariat/status/1763839943464693992?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1763839943464693992%7Ctwgr%5E99c60eb850672c26e7d590e4533bccbc37e21792%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.addulive.com%2F348477
މަޖިލިސް އިންތިހާބަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން "މިސްރާބު ހަމަމަގަށް" ނަމުގައި ކެމްޕޭނު ފަށާފައިވާއިރު، އެޕާޓީގެ ރައީސް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަންނަނީ ކުޅުދުއްފުށި ސިޓީގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.
އޭގެ އިތުރުން، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މާޅޮސްމަޑުލު އުތުރުބުރި އަދި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ބ. އަތޮޅަށާއި ރ. އަތޮޅަށް ފުރާވަޑައިގެންފައެވެ.
20 ވަނަ މަޖިލިސް އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭގައި ހިމެނީ 326 ފިރިހެން އަދި 42 އަންހެން ކެންޑިޑޭޓުންނެވެ. 20 ވަނަ މަޖިލީހަށް 93 މެންބަރަކު އިންތިހާބު ކުރާނެއެވެ. އެމްޑީޕީން އިންތިހާބުގައި ވާދަކުރަނީ 90 ކެންޑިޑޭޓުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
