މާލެ: 31°C
މަޖިލިސް ކެމްޕޭނަށް އެމްޑީޕީގެ ރައީސް އައްޑޫއަށް ވަޑައިގެންފި

މަޖިލިސް ކެމްޕޭނަށް އެމްޑީޕީގެ ރައީސް އައްޑޫއަށް ވަޑައިގެންފި

March 6, 2024
2 ފަހަރު ބަލާފައި
މަޖިލިސް ކެމްޕޭނަށް އެމްޑީޕީގެ ރައީސް އައްޑޫއަށް ވަޑައިގެންފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް ކެމްޕޭނަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އައްޑޫސީޓީއަށް ވަޑައިގެންފިއެވެ. ޝާހިދު އައްޑޫސިޓީއަށް ވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭނަށެވެ. އެގޮތުން، އެމަނިކުފާނު އައްޑޫއަށް ވަޑައިގެންފައިމިވަނީ ފުވައްމުލަކުގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދެވުމަށްފަހުއެވެ. https://twitter.com/MDPSecretariat/status/1765275967419982265?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1765275967419982265%7Ctwgr%5E2d382c8e80e908cbeed1394303be89af86c7823d%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.addulive.com%2F349037 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން އެމްޑީޕީން ފޯރިއާއެކު އެކި ރަށްރަށުގައި ކުރިއަށްގެންދާއިރު، ޝާހިދުގެ އިތުރުން އެމްޑީޕީގެ އެޑްވައިޒަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް އަންނަނީ މަޖިލިސް ކެމްޕޭނަށް އެކި ރަށްރަށުގައި ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ. 20 ވަނަ މަޖިލިސް އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭގައި ހިމެނީ 326 ފިރިހެން އަދި 42 އަންހެން ކެންޑިޑޭޓުންނެވެ. 20 ވަނަ މަޖިލީހަށް 93 މެންބަރަކު އިންތިހާބު ކުރާނެއެވެ. އެމްޑީޕީން އިންތިހާބުގައި ވާދަކުރަނީ 90 ކެންޑިޑޭޓުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ