މާލެ: 31°C

މަޖިލީހަށް ސިފައިން ވެއްދުމުގެ އިހްތިޔާރު އޮންނާނީ މަޖިލީހުގެ ރައީސަށް: ނަޝީދު

މަޖިލީހަށް ސިފައިން ވެއްދުމުގެ އިހްތިޔާރު އޮންނާނީ މަޖިލީހުގެ ރައީސަށް: ނަޝީދު
July 10, 2023
2 ފަހަރު ބަލާފައި
މަޖިލީހަށް ސިފައިން ވެއްދުމުގެ އިހްތިޔާރު އޮންނާނީ މަޖިލީހުގެ ރައީސަށް: ނަޝީދު
މަޖިލީހަށް ސިފައިން ވެއްދުމުގެ އިހްތިޔާރު އޮންނާނީ މަޖިލީހުގެ ރައީސަށް ކަމަށް ވިދާޅުވެ، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްދު ދެއްވައިފިއެވެ. "އުފާވެރި، އަމާން ރާއްޖެ" އަކަށް ޝިއާރުގެ ދަށުން ރިޔާސީ އިންތިހާބަށް ރައީސް ސޯލިހް އަތޮޅުތެރޭގައި ކެންޕޭން ފަށާފައިވާއިރު، ރޭ ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވަހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިހާރު މަޖިލިސް ހިންގަމުން ގެންދަވަނީ މަޖިލީހުގެ ރައީސް ބޭނުންފުޅު ގޮތަށް ކަމަށާއި މަޖިލީހަށް ސިފައިން ވަދެ މަޖިލިސް ހުއްޓުވަން މަސައްކަތް ނުކުރާ ކަމަށެވެ. "ސިޔާސީ ލީޑަރުން މިނިވަންކަމާއި އެކީ އެބަ ހަރަކާތްތެރިވޭ، ރައްޔިތުންގެ މަޖިލިސް ވެސް، އެ މަޖިލީހުގެ ރައީސް ބޭނުންފުޅު ގޮތަކަށް ހިންގަވަމުން ގެންދަވާ، ސިފައިން ވަދެ ނުހުއްޓުވާ،" ރައީސް ވިދާޅުވިއެވެ. [embed]https://twitter.com/MohamedNasheed/status/1678243152942219269?s=20[/embed] އެގޮތުން ރައީސް ސޯލިހް އަށް ރައްދުދެއްވައި، ރައީސް ނަޝީދު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ ކަންކަމަށް ސިފައިންގެ އެހީތެރިކަމަށް އެދުމަކީ "ގާނޫނީ ގޮތުން" ރައީސުލްޖުމްހޫރިއްޔާ އާ ބެހުމެއް އޮތް ކަމެއް ނޫން ކަމަށެވެ. "މަޖިލިސް އަށް ސިފައިން ވެއްދުމާއި، ނުވެއްދުމަކީ މަޖިލިސްގެ ރައީސްގެ އިހްތިޔާރުގައި އޮންނަ ކަމެއް." ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދާއި ރައީސް ސޯލިހުގެ މެދުގައި އުފެދުނު ދެބަސްވުންތަކެއްގެ ސަބަބުން އެމްޑީޕީ ބައިބައިވެ، މިހާރު ނަޝީދު އަންނަނީ އެމަނިކްފާނަށް ތާއީދުކުރައްވާ އެމްޑީޕީގެ މަޖިލިސް މެންބަރުންނާއިއެކު "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ޕާޓީއެއް ހެދުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ