މާލެ: 31°C

ރައްޔިތުންގެ މަޖިލީހަށް މިދިޔައަހަރު ގަތް އެންމެ އަގުބޮޑު ފޮތަކީ "ހައު ޓު ބީ އަ ޑިކްޓޭޓަރ"! އަގު ތިރީސް ތިންހާހަށްވުރެ ބޮޑު

January 17, 2023
2 ފަހަރު ބަލާފައި
ރައްޔިތުންގެ މަޖިލީހަށް މިދިޔައަހަރު ގަތް އެންމެ އަގުބޮޑު ފޮތަކީ "ހައު ޓު ބީ އަ ޑިކްޓޭޓަރ"! އަގު ތިރީސް ތިންހާހަށްވުރެ ބޮޑު
ރައްޔިތުންގެ މަޖިލީހަށް މިދިޔައަހަރު ގަތް އެންމެ އަގުބޮޑު ފޮތަކީ "ހައު ޓު ބީ އަ ޑިކްޓޭޓަރ"! އަގު ތިރީސް ތިންހާހަށްވުރެ ބޮޑު
ޚުދު މުހުތާރު ވެރިން އުފެދުނު ގޮތާ ބެހޭ ގޮތުން ދިރާސާކޮށް ލިޔެފައިވާ ފޮތެއް ކަމަށްވާ "ހައު ޓު ބީ އަ ޑިކްޓޭޓަރ" ރައްޔިތުންގެ މަޖިލީހަށް މިދިޔަ އަހަރު ގަނެފައިވާކަން އެނގިއްޖެ އެވެ. އެނގިފައިވާ ގޮތުގައި މަޖިލީހަށް އެ ފޮތް ގަތީ ވަރަށް އަގުބޮޑުކޮށެވެ. އޮންލައިންކޮށް މުޅިން ހިލޭ އަޑުއަހާލެވެން އޮތް އެ ފޮތުގެ ސޮފްޓް ކޮޕީ އޮންލައިންކޮށް އެންމެ 18 ޑޮލަރަށް ލިބެން އެބަހުއްޓެވެ. އަދި ހާރޑުކަވަރ ފޮތެއްގެ ފިޒިކަލް ކޮޕީއެއް 36 ޑޮލަރަށް ގަންނަން ލިބެން މިހާރުވެސް އެބަހުއްޓެވެ. ނަމަވެސް މަޖިލީހުގެ ޕްރޮކިއުމަންޓް ރެކޯރޑްސް ދައްކާގޮތުން އެމް ސެވަން ބުކްޝޮޕް މެދުވެރިކޮށް އެފޮތް މަޖިލީހަށް ގަނެފައިވަނީ 33،961.34ރ (ތިރީސް ތިންހާސް ނުވަސަތޭކަ ފަސްދޮޅަސް އެއްރުފިޔާ ތިރީސް ހަތަރު ލާރި) އަށެވެ. މީގެ އިތުރުންވެސް ތަފާތު ބޮޑު އަގުގައި މަޖިލީހަށް އެހެން ފޮތްތަށްވެސް ގަނެފައި އެބަހުއްޓެވެ. އޭގެ ތެރޭގައި އެއްހާސް ރުފިޔާގެ ފޮތާއި ދެހާސް ރުފިޔާގެ ފޮތް ވެސް ވަނީ ގަނެފައެވެ. މަޖިލީހަށް ހުދުމުހުތާރުގޮތަށް ވެރިކަން ކުރާނެ ފޮތެއް ގަނެފައިމިވަނީ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު މަޖިލީހުގެ ކަންކަން ހިންގަވަނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ވަރަށް ޚުދުމުހުތާރުކޮށްކަމަށް ބައެއް މެންބަރުން ވިދާޅުވަމުންދާ ދުވަސްވަރެއްގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ