މަޖިލީހުގެ ތަޅުމުން މެންބަރު ބޭރުކުރަން އުޅުނީ ސިފައިންނެއްނޫން

މަޖިލީހުގެ ތަޅުމުން މެންބަރު ބޭރުކުރަން އުޅުނީ ސިފައިންނެއްނޫން
ލިޔުން:
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މެމްބަރުން ބޭރުކުރަން ހަރަކާތްތެރިވީ ސިފައިން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވާތީ އެމްއެންޑީއެފުން އެކަން ދޮގުކޮށްފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މަޖިލީހުގެ ތަޅުމުން މެމްބަރުން ބޭރުކުރަން އިއްޔެ ހަރަކާތްތެރިވީ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފުން ކަމަށާއި އެކަމުގައި ގައުމީ ދިފާއީ ބާރުގެ އެހީތެރިކަމަށް އެދިފައި ވެސް ނުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަން އިއްޔެ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަން ފެށްޓެވުމާއި އެކު އެކަމަށް ހުރަސް އަޅަން މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން މަސައްކަތް ކުރެއްވި އެވެ. އެ ވަގުތު މަޖިލީހުގެ ރިޔާސަތުގެ މޭޒު ކުރިމައްޗަށް ވަޑައިގެން އަޑުގަދަކުރެއްވި މެމްބަރުންގެ ނަން އިއްވައި މަޖިލީހުން ނުކުމެ ވަޑައިގަންނަން ރިޔާސަތުން އެންގެވި އެވެ. އެހެން ނަމަވެސް އެ މެމްބަރުން ނުކުމެވަޑައި ނުގެންނެވުމުން ގަދަކަމުން މެމްބަރުން ތަޅުމުން ނެރެން މަސައްކަތް ކުރި އިރު އެކަމުގައި އުޅުއްވީ އަންހެން ބޭފުޅުންނެވެ.
އެގޮތަށް ފިރިހެން މެމްބަރުން ގަދަކަމުން ތަޅުމުން ނެރުމުގެ މަސައްކަތް އަންހެން ބޭފުޅުންނާ ހަވާލުކުރުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެކަމުގައި ހަރަކާތްތެެރިވީ ސިފައިން ނޫންކަން އެމްއެންޑީއެފުން ސާފުކޮށްދިނީ އެހެންވެ ކަމަށް ބެލެވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
