މާލެ: 31°C
މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީއަށް

މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީއަށް

April 21, 2024
2 ފަހަރު ބަލާފައި
މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީއަށް
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީޙުގެ ސުޕަ މެޖޯރިޓީ، ވެރިކަން ކުރާ ޕީއެންސީ ހޯދައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ޕީއެންސީން ވަނީ މިހާތަނަށް 62 ގޮނޑި ކާމިޔާބުކޮށްފައެވެ. އެއީ މަޖިލީހުގެ ތިން ބައިކޮޅަ ދެ ބައެވެ. ކުރިއަށްއޮތް ރައްޔިތުން މަޖިލީހުގެ 93 ދާއިރާއަކަށް ކެނޑިޑޭޓް ކުރިމަތިލިއިރު، ޕީއެންސީން ކާމިޔާބު ހޯދި މެމްބަރުން ވަނީ ތަފާތު ބޮޑު ނަތީޖާތަކާއެކު ގޮނޑިތައް ކާމިޔާބުކޮށްފައެވެ. މިފަހަރުގެ އިންތިހާބުގައި ޕީއެންސީން 90 ކެނޑިޑޭޓުން ވާދަކުރިއިރު، އިދިކޮޅު އެމްޑީޕީން 89 ދާއިރާއަކަށް ކެނޑިޑޭޓުން ވާދަކުރިއެވެ. އަދި މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި 130 ކެނޑިޑޭޓުން ވަނީ ވާދަކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ