މާލެ: 31°C

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމައިފި

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމައިފި
June 6, 2023
2 ފަހަރު ބަލާފައި
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމައިފި
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން  ފާސްކޮށްފައިއެވެ. އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ނިންމާފައިވާ ކަމަށެވެ. އޭނާ ވިދަޅުވީ އެގޮތަށް ނިންމީ އެމްޑިޕީ ޕާލިމަންޓްރީ ގުރޫޕުގެ 36 މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ. އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ރައީސް ނަޝީދު އަމަލުކުރައްވަމުން ގެންދަވާ ގޮތާއިމެދު މެންބަރުންގެ ކަންބޮޑުވުންތައް ވަރަށް ބޮޑުކަމަށެވެ. "ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ނިންމީ ތަކުރާރުކޮށް މަޖިލިސް ގަވާއިދާ ހިލާފަށް ކުރިއަށް ގެންދާތީ," އެމްޑީޕީ ޕީޖީގެ މެންބަރުން ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ރިޔާސަތުން ނިންމި ނިންމުތަކާއި، މައްސަލަ ކުރިއަށް ނުގެންދެވުމަށް ނިންމުމުން މުޅި މަޖިލީސް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. މަޖިލީހުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ 56 މެންބަރުންގެ ތެރެއިން، 42 މެންބަރުން މިއަދުގެ ޕާލިމަންޓްރީ ގުރޫޕުގެ ބައްދަލުވުމުގައި ބައިވެރިވިއިރު، ރިޔާސަތު އުނިކުރުމަށްފަހު 41 މެންބަރުން ވޯޓުގައި ބައިވެރިވިކަމަށެވެ. އޭގެ ތެރެއިން 36 މެންބަރަކު ވަނީ ރައީސް ނަޝީދު އިތުސާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމަށް ވޯޓު ދެއްވާފައިކަމަށް އަސްލަމް ވިދާޅުވިއެވެ. އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ މަޖިލިސް ނައިބު ރައީސް އީވާ އަބްދުالله ގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް އެމްޑީޕީން ވަނީ ވައްދާފަ އެވެ. އެ މައްސަލަ އެޖެންޑާ ކޮށްފައި ވަނީ ޖޫން 11, އަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ