މާލެ: 31°C

މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ނަޝީދު ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއްނެތް: ޝިޔާމް

މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ނަޝީދު ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއްނެތް: ޝިޔާމް
June 6, 2023
2 ފަހަރު ބަލާފައި
މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ނަޝީދު ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއްނެތް: ޝިޔާމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއްނެތް ކަމަށް ޕީ.ޕީ.އެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވައްދާފައިވާ މައްސަލައާއި ގުޅީގެން ކުރެއްވި ޓުވީޓެއްގައެވެ. ޓްވީޓުގައި ޝިޔާމް ވިދާޅުވީ، ރައީސް ނަޝީދު މަގާމުން ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއްނެތް ކަމަށާއި، މަޖިލީހަކީ ސަރުކާރުން ބޭނުންހާ ކަމެއް ކުރަން އޮންނަ ތަނެއްނޫން ކަމަށެވެ. މަޖިލީހުގެ މައިގަނޑު މައްސޫލިއްޔަތަކީ ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ. https://twitter.com/Shiyamaldives/status/1665996900020129793 ޝިޔާމް މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ ތެރެއިން މިހާތަނަށް 50 މެމްބަރުންނަށް ވުރެން ގިނަ މެމްބަރުން ވަނީ ސޮއިކުރައްވާފައެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމާފައިވަނީ 50 މެމްބަރުންގެ ސޮއި ހަމަވުމުން އެމައްސަލަ ހުށަހެޅުމަށެވެ. އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ނިންމީ  އެމްޑިޕީ ޕާލިމަންޓްރީ ގުރޫޕުގެ 36 މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ