އެމަނިކުފާނުގެ ސަރުކާރުން ގޯއްވޗާއި ފްލެޓް ދޭން ކަނޑައަޅާފައިވާ ލިސްޓާ އެއްގޮތަށް ގޯއްޗާއި ފްލެޓު ދިނުމަށްޓަކައި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުން މުހިއްމުކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. "މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ، ...ވަކި މުއްދަތެއްގެ ތެރޭގައި އެކަން ހައްލު ކޮށްދީ ގޯއްޗާއި ފްލެޓު ހަވާލުކޮށްދޭނަން" ސޯލިހު ވިދާޅުވިއެވެ."އަޅުގަނޑުމެން ވެރިކަމުގެ ފަހުކޮޅުގައި ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އިންސާފުވެރި ކަމާއެކީގައި، މާލޭން ގޯތި ލިބޭނެ ފަރާތްތަކާއި ފްލެޓު ލިބޭނެ ފަރާތްތައް ކަނޑައަޅައި ނިންމިން. ގުޅީފަޅާއި ގިރާވަރު ފަޅުންނާއި ހުޅުމާލޭ ފޭސް ތިނަކުން ގޯތި ދިނުމުގައި އެ ނިންމުން ނިންމަށް ވެސް ވަރަށް އުނދަގޫވި.... އަޅުގަނޑުމެން ނިންމީ ފުރަތަމަ ކަމަކަށް މާލޭގެ ރައްޔިތުންނަށޭ މިކަން ކޮށްދޭން ޖެހެނީ. އެއަށް ފަހުގައި މާލޭގައި ދިރިއުޅޭ ގިނަ ދުވަސްވީ ރަށްވެހިންނަށް ވެސް ގޯތި ލިބޭނެ ގޮތް ވެސް ހަދައި ދިނިން. މިއަދު އެ ހުރިހާ ކަމެއް އެ ވަނީ ގާތްގަނޑަށް ހުއްޓާލާފައި." ރައީސް ސޯލިހު ވިދާޅުވިއެވެ.

މަަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެނަމަ ފްލެޓައާއި ގޯތި ހަވާލުކޮށްދޭނަން: ކުރީގެ ރައީސް ސޯލިހު
މަަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެނަމަ ފްލެޓައާއި ގޯތި ހަވާލުކޮށްދޭނަން: ކުރީގެ ރައީސް ސޯލިހު
ލިޔުން:
އަންނަމަހު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި އެމްޑީޕީ އަށް މެޖޯރިޓީ ލިބިއްޖެނަމަ މިސަރުކާރުން ހިފަހައްޓާފަ އޮތް ގޯއްޗާއި ފްލެޓު ވަކި މުއްދަތެއްގެ ތެރޭގައި ހަވާލު ކުރާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
ރޭ އޮތް މަޖިލިސް ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުުވީ އެމަނިކުފާނުގެ ސަރުކާރުން ދިން ގޯތިތަކާއި ފްލެޓްތަކުގެ މަސައްކަތް މިސަރުކާރުން ހުއްޓާލާފައިވާކަމަށާއި، އެ ގޯތިތަކާއި އެ ފްލެޓުތައް ހަވާލު ނުކުރެވެންވީ އެއްވެސް ސަބަބެއް އޮވެގެން ނުވާނެކަމަށެވެ. އަދި އެ ގޯތިތަކާއި ފްލެޓު ހިފެހެއްޓުމަކީ ގާނޫނީ ގޮތުން ކުރާ ކުށެއް ކަމަށް ވެސް ސޯލިހު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
