މާލެ: 31°C
މަޖިލީހުގެ އެންމެ އުމުރުން ދުވަސްވީ މެމްބަރަކަށް ގާސިމް އިބްރާހީމް

މަޖިލީހުގެ އެންމެ އުމުރުން ދުވަސްވީ މެމްބަރަކަށް ގާސިމް އިބްރާހީމް

April 21, 2024
3 ފަހަރު ބަލާފައި
މަޖިލީހުގެ އެންމެ އުމުރުން ދުވަސްވީ މެމްބަރަކަށް ގާސިމް އިބްރާހީމް
ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގައި އިންނަވާނޭ އެންމެ އުމުރުން ދުވަސްވީ މެމްބަރެއްގެ ގޮތުގައި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވެއްޖެއެވެ. މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ އދ.މާމިގިލީ ދާއިރާގެ ގޮނޑި ތަމްސީލް ކުރައްވަމުން ގެންދަވަނީ ގާސިމް އިބްރާހީމެވެ. ގާސިމް އިބްރާހީމަކީ މިހާރުވެސް ރައްޔިތުން މަޖިލީހުގައި އިންނެވި އެންމެ އުމުރުން ދުވަސްވީ މެމްބަރެވެ. ގާސިމަށް މިހާރު 72 އަހަރެވެ. ގާސިމް ވަނީ ރާއްޖެއަށް މަލްޓިޕާޓީވެ ވެރިކަން ތައާރަފްވެ، 2008 ގައި ވުޖޫދަށްއައި ފެހި ޤާނޫނު އަސާސީ އެކުލަވާލި ޚާއްޞަ މަޖިލީހުގެ ރައީސްކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ފުރުއްވާފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ