މާލެ: 31°C

މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލަކަށް މުޖާހިދު

February 18, 2025
78 ފަހަރު ބަލާފައި
މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލަކަށް މުޖާހިދު
މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލަކަށް ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) މާލޭގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު މުޖާހިދު ހަމަޖައްސައިފި އެވެ.

މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލަކަށް ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) މާލޭގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު މުޖާހިދު ހަމަޖައްސައިފި އެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ދީދީ ރިޓަޔާ ކުރެއްވުމުން މަޖީދިއްޔާ އަށް ޕްރިންސިޕަލެއް ހޯދަން އިއުލާންކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ 16 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މުޖާހިދު އެ މަގާމަށް ހަމަޖެއްސީ އެ މަގާމަށް ކުރިމަތިލި މީހުންގެ ތެރެއިން ހޮވިގެންނެވެ. އޭނާ މިއަދު ވަނީ ސްކޫލަށް ނުކުންނަވަން ފައްޓަވައިފަ އެވެ.

މީގެ ކުރިން ޓީވީއެމްގައި ޕާޓް-ޓައިމް ޕްރެޒެންޓަރަކަށް ވެސް އުޅުއްވި މުޖާހިދު ފުރަތަމަ އުޅުއްވީ ދާންދޫ ސްކޫލުގެ ފިޒިކްސްއާއި ހިސާބު ޓީޗަރަކަށެވެ. އޭގެ ފަހުން އެޑިޔުކޭޝަން މިނިސްޓްރީގައި ވެސް މަސައްކަތް ކުރެއްވި އެވެ.

މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީން ތައުލީމީ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ މުޖާހިދު ވަނީ އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމާއި އެ ސްކޫލްގެ ލީޑިން ޓީޗަރުގެ މަގާމުގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ޕާޓް ޓައިމް ލެކްޗަރާކަން ވެސް ކުރައްވައިފަ އެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ