މާލެ: 31°C

މަޖީދީމަގުގައި ހުންނަ ފްރުޓް ޓްރީ ފިހާރައިގެ މަތީގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

January 23, 2025
359 ފަހަރު ބަލާފައި
މަޖީދީމަގުގައި ހުންނަ ފްރުޓް ޓްރީ ފިހާރައިގެ މަތީގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މަޖީދީމަގުގައި ހުންނަ ފްރުޓް ޓްރީ ފިހާރައިގެ މަތީގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މަޖީދީމަގުގައި ހުންނަ ފްރުޓް ޓްރީ ފިހާރައިގެ މަތީގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން އެކްސް ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ފުރުޓް ޓްރީ އެޕަލް ފިހާރައިން ގުދަނެއްގެ ގޮތުގައި ބޭނުންކުރާ ތަނެއްގައި ކަމަށާއި، އެ ގުދަނުގައި ރޯވި އަލިފާން އެމްއެންޑީއެފް ގެ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ހަރަކާތްތެރިވެ މިހާރު ވަނީ ނިއްވާލާފައި ވާކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިއެއް ސަބަބެއް މިހާތަނަށް އެނގިފައި ނުވާކަމަށްވެސް ބުނެފައި ވެއެވެ.

އަލިފާން ރޯވި ގުދަނާ ޖެހިގެން މަޖީދީ މަގުގައި 10 ބުރިއަށް ހަދާފައި ހުންނަ މއ. ކެލާގޭގެ ބައެއް ފްލޯރ ތަކުގެ ކުޑަދޮރުތަށް ވެސް ވަނީ އަލިފާނުގެ ހާދިސާގައި ހަލާކުވެފައެވެ. ރޭ ފަތިހު 4:30 ހާއިރު ގުދަނުގައި އަލިފާން ރޯވުމާއެކު ގުދަނާ އިންވެގެން ހުރި ގެތަކުން މީހުން ހުސްކޮށްފައިވެއެވެ. އަދި 5:30 ހާ އިރު އަލިފާން އެއްކޮށް ނިއްވާލައި ވާކަމަށް މަންޒަރު ފެނުނު ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ